ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހއ އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލައްވާ އެނބުރި މާލެ ވަޑައިގެންފިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙް ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް ހއ އަތޮޅަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ފެއްޓެވީ ބުދަ ދުވަހުއެވެ. މިދަތުރުފުޅުގައި ރައީސް ވަނީ ހއ އަތޮޅުގެ 10 ރަށަކަށް ވަޑައިގެންފައެވެ.

ރައީސްގެ ދަތުރުފުޅުގައިވަނީ މިރަށްރަށުގައި ނިމިފައި ހުރި މަޝްރޫޢުތައް އިފްތިތާހުކޮށްދެއްވާފައެވެ.

މިދަތުރުފުޅުގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭ މަންޒަރު ހުރިހާ ރަށަކުންވެސް ފެނިވަޑައިގަންނަވާކަމަށެވެ.

ރިޔާސީ ކެމްޕެއިންގައި މިހާތަނަށް ރައީސް ވަނީ ށ ، މ އަދި ވ އަތޮޅަށް ވަޑައިގަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން