ސިފައިންނާއި ފުލުހުންގެ އަގުވައްޓާލުމަށް ކުރެވޭ މަސައްކަތް ބަލައިނުގަނެވޭނެ ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މި މޭރުމުން ވިދާޅުވީ ޖުމްހޫރީ މައިދާން ސަރަހައްދުގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ އިހުތިޖާޖު ކަވަރުކުރަން މަސައްކަތް ކުރި ބައެއް ނޫސްވެރީންނަށް ފުލުހުން އަމަލު ކުރި ގޮތުން އަނިޔާވުމާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުން އަމާޒުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އިމްރާން ރޭ ވިދާޅުވެފައިވަނީ ސިފައިންނާއި ފުލުހުންގެ އޮފިސަރަކަށް ގޯސްކޮށް ކަމެއް ކުރެވިއްޖެ ނަމަ އެކަން ބަލާ އަޅަން ޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ. ނަމަވެސް ސިފައިންނާ ފުލުހުންގެ އަގުވައްޓާލުމަށް ކުރެވޭ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިމްރާން ވިދާޅުވިއެވެ.



ޖުމްހޫރީ މައިދާނުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން އެކަމުގައި ޝާމިލުވާ ފުލުސް އޮފިސަރު މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށް، އެމައްސަލަ ބަލަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން