ރިޔާސީ އިންތިޚާބު 2023 އާ ގުޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި "ޤައުމީ ކޮމްޕްލެއިންސް ބިއުރޯ" އިންތިޚާބާ ބެހޭ މައިމަރުކަޒުގައި މިއަދު ޤާއިމު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބު 2023 ގެ ގައުމީ އިލެކްޝަން ކޮމްޕްލެއިންސް ބިއުރޯ އުފައްދާފައިވީ ނަމަވެސް، އިންތިޚާބާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަންޖެހޭނީ، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ކަމަށެވެ. އަދި ބްރޯޑްކާސްޓް ކުރުމާބެހޭ މައްސަލަތައް ހުށަހަޅަންޖެހޭނީ، ބްރޯޑްކާސްޓިންގ ކޮމިޝަނަށް ކަމަށެވެ.

ހަބީބު މިއަދު ވިދާޅުވީ އިންތިޚާބާގުޅޭ ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި އިންތިޚާބާ ބެހޭ މަރުކަޒާއި އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ ކައުންޓަރުންނާއި ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި އަތޮޅު/ސިޓީ ތަކުގައި ޤާއިމް ކުރެވިފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓް ތަކުން ކަމަށެވެ.

އަދި ރާއްޖެއިން ބޭރުގައި ގާއިމް ކޮށްފައިވާ ފޯކަލް ޕޮއިންޓުތަކުންވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެ ކަމަށް ކޮމިޝަނުން ބުނެއެވެ. ޙަބީބު ވިދާޅުވީ އީމެއިލް މެދުވެރިކޮށް ފޮނުވާ ޝަކުވާތައް ބަލައިގަންނާނެ ކަމަށެވެ.

ޤައުމީ ކޮމްޕްލެއިންސް ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ. ހުކުރު ދުވަހު ހުޅުވިފައި ހުންނާނީ މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށެވެ. އެބިއުރޯއަށް ގުޅޭނެ ނަންބަރުތަކަކީ 3004498 އަދި 3004450 އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ 9 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމަށްވެސް ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން