ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ފޯމު ހުށައަޅުއްވައިފިއެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް މެމްބަރު އިލްޔާސް ލަބީބު ފޯމު ހުށައަޅުއްވާފައިވަނީ މިއަދު މެންދުރުފަހު 01:00 ގައެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މި ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 22 ގެ ހަވީރު 16:00ގެ ނިޔަލަށް ހަމަވާނެ ކަމަށް ޑިމޮކްރެޓްސް އިން ބުނެއެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްޤު ލިބިފައިވަނީ މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް އެ ޕާޓީގެ މެމްބަރުންނަށް ވުމަށް އެދި ޕާޓީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށެވެ.

އެގޮތުން ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 4045 މީހުންގެ ލިސްޓަށް، މިއަދު ހަވީރު 4:00 ގެ ކުރިން ޝަކުވާ ހުށަހެޅުމަށް އެ ޕާޓީން މިއަދު ވަނީ ހުޅުވާލާފައެވެ.

ހުށަހަޅާ ޝަކުވާތައް ބެލުމަށްފަހު ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ދާއިިމީ ލިސްޓު ޝާއިއުކުރަން ހަމަޖެހިފައިވަނީ މާދަމާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން