ރައީސް ޔާމީންގެ ވަކީލުންގެ ޓީމް
ރައީސް ޔާމީންގެ ވަކީލުންގެ ޓީމް
ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމަށް މިއަދު އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމާ ބައްދަލު ނުކުރެވުނުކަމަށް އެމަނިކުފާނުގެ އިސްވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިއަދު ވިދާޅުވީ ރައީސް ޔާމީން އާ ބައްދަލުކުރުމަށް މާފުށީ ޖަލަށް ވަޑައިގަތުމުން އެކަމަށް ޖަލު އޮފިސަރުން ހުރަސްއަޅާފައިވާ ކަމަށެވެ. އަދި އެބޭފުޅުންގެ ޝައުޤުވެރިކަންހުރީ ވަކީލުންގެންދިޔަ ދުސްތޫރީ މައްސަލައިގެ ލިޔެ ކިޔުންތައް ބެލުމަށް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

“ވަކީލުންގެ ބައްދަލުވުން ނުލިބުނު.” ޑރ. ޖަމީލު ވިދާޅުވިއެވެ.



އެކަމާގުޅިގެން ކަރެކްޝަންސުން ބުނެފައިވަނީ ރައީސް ޔާމީނުގެ ވަކީލުން އެމަނިކުފާނާ ބައްދަލުކުުރުމުގެ ފުރުސަތު ދީފައިނުވަނީ އެބޭފުޅުން ގެންދެވި ލިޔެކިއުންތައް ދައްކަވަން ދެކޮޅު ހެއްދެވުމުން ކަމަށެވެ.



ރައީސް ޔާމީނުގެ ފަރާތްޕުޅުން އެމަނިކުފާނުގެ އިންތިޚާބީ ޙައްޤުތައް ކަށަވަރުކުރުމަށް ދުސްތޫރީ މައްސަލައެއް އިއްޔެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްވަނީ ހުށަހަޅާފައެވެ.

އެ މައްސަލާގައި އެދިފައިވަނީ، ރައީސް ޔާމީނުގެ ދުސްތޫރީ މައްސަލަ އަވަސްކޮށްދީ އެ މައްސަލައިގެ ސަބަބުން ހިފަހެއްޓިފައިވާ ރައީސް ޔާމީނުގެ ދުސްތޫރީ ޙައްޤުތައް އިއާދަކޮށްދިނުމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުޙުކުމްގެ އިސްތިޢުނާފް ހައިކޯޓުގައި ކުރިއަށް ދާއިރު އެމައްސަލަ މިވަގުތު އޮތީ މަޑުޖެހިފައެވެ. ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަން ހުށައެޅުމަށް ހުޅުވާލާފައިވާއިރު ރައީސް ޔާމީންގެ ޖަލު ޙުކުމް ބާޠިލް ނުކުރެވިއްޖެނަމަ އެމަނިކުފާނަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން