ރައީސް ޞާލިޙަކީ ދެފުށްދެގޮތް ބޭފުޅެއްނޫން ކަމަށާއި އެމަނިކުފާނުގެ އެތެރެއާއި ބޭރު އެއްގޮތްވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޢަލީ ޒާހިރު މިމޭރުމުން ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސިއްހީ ހާލަތާމެދު އެމްޑީޕީގެ މެމްބަރުން ވިސްނައިވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވަމުން ޢަލީ ޒާހިރު ވިދާޅުވީ ރައީސް ޞާލިޙަކީ ދުވާލަކު ގޮތަކަށް ވާހަކަ ދައްކަވާނެ ބޭފުޅެއް ނޫން ކަމަށާއި ހަލުވިމަހެއް އުޅޭހެން އަވަސް އަވަހަށް ހަދާނެ ނަހަދާނެ ނޭނގިގެން އެމަނިކުފާނު ނޫޅުއްވާނެ ކަމަށެވެ.

ހަމައެއާއެކު ރައްޔިތުންނަށް އޮޅުވާލަން ޚިޔާލީ ވަޢުދުތަކާ ހުސް އުންމީދުތަކެއް ރައީސް ޞާލިޙް ނުދެއްވާނެ ކަމަށާއި ފުޓްސަލް ދަނޑާއި މަލްޓިޕާޕަސް ހޯލްގެ ވާހަކަ އެމަނިކުފާނު ދައްކަވަނީ ހިސާބު ޖެއްސެވުމަށްފަހު ކަމަށެވެ. އަދި އެއީ ކުރިން ބައެއް ބޭފުޅުން ރަށްރަށުގައި ފްލެޓް އަޅައިދޭން ވަޢުދުވީގޮތަށް ކުރަށްވާ ކަންތައްތައް ނޫންކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

"އަދި ކޮބާ ޒުވާންކަން ދައްކަން އިސްތަށިފުޅުގައި ކުލަވެސް ނުޖައްސަވާނެ. އެތެރެއާ ބޭރު އެއްގޮތްވާނެ. ޑިމޮކްރަސީ ހަޖަމް ކުރައްވާނެ." ޢަލީ ޒާހިރު ވިދާޅުވި އެވެ.



ޑިމޮކްރެޓުންގެ ހަރުގޭގައި ރޭ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިޙަކީ ކޮންމެ ދުވަހަކު ހެނދުނު މުށެއް ފުރާ ބޭސް ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ހިތްޕުޅުގެ އާލާސްކަންފުޅާ ގުޅޭ ގޮތުންވެސް އަދަބާ ޚިލާފު ވާހަކަތަކެއް ރައީސް ނަޝީދު ވަނީ ދައްކަވާފައެވެ.

ރައީސް ނަޝީދު ރޭ ވިދާޅުވީ ވެރިކަމަކީ ޒުވާންކަމުގައި ކުރެވޭނެ ކަމެއް ކަމަށާއި އެއީ ޒުވާންކަމުގެ ރޫހުގައި ކޮށްދެވޭނެ މަސައްކަތެއް ކަމަށެވެ. އަދި ރައީސް ޞާލިޙް މުސްކުޅިވެއްޖެ ކަމަށްވެސް ރައީސް ނަޝީދު ރޭ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން