ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސިއްޙީ ޙާލަތާމެދު ސުވާލު އުފައްދަވައި އެމަނިކުފާނުގެ ޒާތަށް މަލާމާތާއި ފުރައްސާރަ ރައްދުކުރައްވައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކާމެދު ނަޝީދު މަޢާފަށް އެދިވަޑައިގަންނަވަން ޖެހޭނެކަމަށް ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
އަމީތު މިއަދު ވިދާޅުވީ ތިމާއަށް ބޭސްކާން ނުޖެހި އަނެކުންނަށް ބޭސްކާން ޖެހިފައި ވާކަމަށްބުނެ، ތިމާގެ ހިތަށް "ސްޓެން" ލައްވަން ނުޖެހި، އެހެން މީހުންގެ ހިތަށް ސްޓެން ލައްވަން ޖެހިފައިވާކަމަށްބުނެ މައްލަވަކުރުމަކީ ދަށު ދަރަޖައިގެ އަމަލެއްކަމަށެވެ. ރައީސް ސާލިހުގެ ޒާތަށް ނިސްބަތްކޮށް ނަޝީދު ދެއްކެވި ދަށު ދަރަޖައިގެ ވާހަކަތަކަށް މާފަށް އެދިވަޑައިގަންނަވަން ޖެހޭނެކަމަށް އަމީތު ވިދާޅުވިއެވެ.
ޑިމޮކްރެޓުންގެ ހަރުގޭގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިޙަކީ ކޮންމެ ދުވަހަކު ހެނދުނު މުށެއް ފުރާ ބޭސް ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ހިތްޕުޅުގެ އާލާސްކަންފުޅާ ގުޅޭ ގޮތުންވެސް އަދަބާ ޚިލާފު ވާހަކަތަކެއް ރައީސް ނަޝީދު ވަނީ ދައްކަވާފައެވެ.
ރައީސް ނަޝީދު ރޭ ވިދާޅުވީ ވެރިކަމަކީ ޒުވާންކަމުގައި ކުރެވޭނެ ކަމެއް ކަމަށާއި އެއީ ޒުވާންކަމުގެ ރޫހުގައި ކޮށްދެވޭނެ މަސައްކަތެއް ކަމަށެވެ. އަދި ރައީސް ޞާލިޙް މުސްކުޅިވެއްޖެ ކަމަށްވެސް ރައީސް ނަޝީދު ރޭ ވަނީ ވިދާޅުވެފައެވެ.
ނަޝިދުގެ ވާހަކަތަކާމެދު އެތައްބަޔަކު އަންނަނީ ނުރުހުން ފާޅުކޮށް ފާޑުކިޔަމުންނެވެ. ނަޝީދު ރޭ ދެއްކެވީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފު އަދަބުކުޑަ ވާހަކަތަކެއްގެގޮތުގައި ގިނަބަޔަކު ސިފަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު