ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޒާތީ ކަންކަމަށް ފާޑު ކިޔުމަކީ ވަރަށް ފިނޑި ކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. ޑީޑީ މިފަދަ މޭރުމަކުން ވިދާޅުވެފައިމިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މުސްކުޅިވެއްޖެ ކަމަށާއި އެމަނިކުފާނުގެ ސިއްހީ ހާލަތާމެދު އެ ޕާޓީގެ މެމްބަރުން ވިސްނައިވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވަމުން ޑރ. ޑީޑީ ވިދާޅުވީ ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ މަޤުބޫލު ވެރިންގެ ޢުމުރުފުޅު ރައީސް ނަޝީދުގެ ހަނދާނުގައިނެތް ކަމަށެވެ. އަދި އެފަދަ ފިތުނަވެރި ވާހަކަތައް ދެއްކުމަކީ ވަރަށް ފިނޑި ކަމެއް ކަމަށްވެސް ޑރ. ޑީޑީ ވިދާޅުވިއެވެ.



ޑިމޮކްރެޓުންގެ ހަރުގޭގައި ރޭ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިޙަކީ ކޮންމެ ދުވަހަކު ހެނދުނު މުށެއް ފުރާ ބޭސް ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ހިތްޕުޅުގެ އާލާސްކަންފުޅާ ގުޅޭ ގޮތުންވެސް އަދަބާ ޚިލާފު ވާހަކަތަކެއް ރައީސް ނަޝީދު ވަނީ ދައްކަވާފައެވެ.

"ރައީސް ޞާލިޙަށް ދަންނަވާލަން އޮތީ މަނިކުފާނު މުސްކުޅިވެއްޖެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މުސްކުޅިވެ ގައިބާރު ދޫވީމާ އަރިސް ބޭފުޅުން ލައްވާ ވެރިކަން ކުރެވިދާނެ ކަމަށެވެ. ނަމަވެސް ގައުމަށް ރައްޔިތުންނަށް ކުރާނެ މަންފާއެއް އެކަމުން ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން