ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް އަޙްމަދު ފާރިސް މައުމޫން ސޮއި ހޯއްދަވަން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމްއާރުއެމް އުވާލުމުގެ މައްސަލަ ކޯޓުގައި އޮތުމުން، އިންތިޚާބުގައި ފާރިސް ވާދަކުރަށްވަނީ އަމިއްލަ ގޮތުންނެވެ.

ރިޔާސީ އިންތިހާބާ ބެހޭ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ)ގައި ވަނީ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން، ކެންޑީޑަސީ ފޯމާ އެކު 1،500 ސޮއި ހުށަހަޅަން ޖެހޭނެ ކަމަށެވެ. ޕާޓީއެއްގެ ރިޔާސީ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރާނަ ސޮއި ހުށަހަޅާކަށް ނުޖެހެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން އެމްއާރުއެމް އުވާލަން ނިންމީ، ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވެގެން، ދިން ނޯޓިސްގައި ވެސް އެ އަދަދު ހަމަ ނުވެގެން ކަމަށް ބުނެ އެވެ. ނަމަވެސް، އެ ޕާޓީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޮމިޝަންގެ އެ ނިންމުމަށް އަމަލު ކުރަން ފަސް ކުރަން ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.

ފާރިސް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާއިރު، ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީނަށް ވާދަނުކުރެވޭނަމަ ޕީޕީއެމްގެ ޓިކެޓް ލިބިވަޑައިގަތުން ގާތް ބޭފުޅުންގެ ތެރޭގައި ފާރިސްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަދި ރައީސް މައުމޫންގެ ހަގު ދަރިކަލުން ޣައްޞާން މައުމޫންވެސް ހިމެނޭކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން