ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ޑރ. މުޙައްމަދު މުނައްވަރު ސޮއި ހޯއްދަވަން ފަށައިފިއެވެ.
ރިޔާސީ އިންތިހާބާ ބެހޭ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ)ގައި ވަނީ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން، ކެންޑީޑަސީ ފޯމާ އެކު 1،500 ސޮއި ހުށަހަޅަން ޖެހޭނެ ކަމަށެވެ. ޕާޓީއެއްގެ ރިޔާސީ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރާނަ ސޮއި ހުށަހަޅާކަށް ނުޖެހެއެވެ.
މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދަޢުލަތުގެ ކުރީގެ ބަންޑާރަ ނާއިބު ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވީ ވެރިކަމަށް ކުރިމަތި ލެއްވުމަށް ޙާލަތު މަޖުބޫރު ކުރުވި ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިހާރު ބައްޓަން ކޮށްފައިވާ ގޮތާއި ރާއްޖޭގެ ދަރަނީގެ ޙާލަތު މިވަގުތު އޮތް ގޮތް ހިމެނޭކަމަށެވެ.
މުނައްވަރު ވިދާޅުވީ އެބޭފުޅާއަކީ ވަކި މީހެއްގެ އެޖެންޓެއް ނޫން ކަމަށާއި ވެރިކަމަށް ކުރިމަތިލެއްވުމަށް އެއްވެސް ސިޔާސީ ލީޑަރަކާ މަޝްވަރާ ކުރަށްވާފައި ނުވާނެ ކަމަށެވެ.
އައްޑޫއަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. މުނައްވަރު ރައީސް މައުމޫނުގެ ވެރިކަމުގައި 2003 ވަނަ އަހަރާއި ހަމައަށް 10 އަހަރު ވަންދެން ބަންޑާރަ ނައިބުގެ މަގާމު އަދާކުރެއްވިއެވެ. އަދި އައްޑޫ މެމްބަރުކަންވެސް 10 އަހަރު ކުރެއްވިއެވެ.
އޭގެފަހުން 2007 ވަނަ އަހަރު އެމަނިކުފާނު ވަނީ އެމްޑީޕީގެ ރައީސްކަމަށް އިންތިހާބުވެވެވަޑައިގެންފައެވެ.
2008 ވަނަ އަހަރު ރީކޯ މޫސާ މަނިކާއި އެމްޑީޕީގެ އޭރުގެ ޗެއަރޕަރސަން ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް މުނައްވަރު ވާދަކުރެއްވިއެވެ. ނަމަވެސް އޭނާއަށް ލިބިވަޑައިގެންނެވީ ދެވަނައަށެވެ.
ރިޔާސީ ޕްރައިމަރީގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ޑރ. މުނައްވަރު އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވީ 2008 ވަނަ އަހަރުގެ އޮގަސްޓުމަހުއެވެ. އަދި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑރ. މުނައްވަރު ތާއީދުކުރެއްވީ ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ރިޔާސީ މައިދާނުން މާބޮޑަށް ޑރ. މުނައްވަރު ފެނިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު