ރާއްޖޭގެ މިއަދުގެ ޙާލަތަކީ ލައިސެންސްނެތި ސައިކަލް ދުއްވައިގެން ހައްޔަރުކުރާ މީހާވެސް އަނިޔާ ނުކުރަން ގޮވުން ކަމަށް އިޤްތިޞާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ނަސީމް މިމޭރުމުން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު އާމިރު ގަދަކަމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ޢާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި އާމިރު ހައްޔަރުކުރަނީ ޓްރެފިކް ފުލުހުންނެވެ. އޭނާ އިންނެވީ ސައިކަލެއްގެ މަތީގައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އާމިރު ހައްޔަރުކުރީ ޑްރައިވިން ލައިސަންސް ނެތި ސައިކަލު ދުއްވުމާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވުމުގެ ސަބަބުންނެވެ.

އާމިރު ހައްޔަރުކުރާ ވީޑިއޯއާ ގުޅިގެން ނަސީމް ވިދާޅުވީ ރާއްޖޭގައި އޮންނަ ހަމައަކީ ލައިސެންސްނެތި ސައިކަލް ދުއްވުމަށްފަހުވެސް އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމަށް ފަހުވެސް ފުލުހުން އެމީހަކު ހައްޔަރުކުރަން އުޅުމުން އަނިޔާނުކުރުމަށް ގޮވުން ކަމަށެވެ.

“އަނިޔާނުކުރޭ ގޮވާފަ ވީޑިއޯ އަޕްލޯޑް ކުރީމަ ޑިމޮކްރެސީ ނެތީ. ސަރުކާރު ކަޑަވީ. ރައީސުލްޖުމްހޫރިއްޔާ ކުރުވާކަމެއް.” ނަސީމް ވިދާޅުވެފައިވެއެވެ.

ނަސީމް ވިދާޅުވީ ޤައުމު އިސްލާޙުވާނީ ރައްޔިތުންގެ ވިސްނުން އިސްލާޙުގެ މަގަށް އަމާޒު ކޮށްގެން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން