ރައީސް ޞާލިޙްގެ ސިއްޙީ ޙާލަތާ ގުޅޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައި އެމަނިކުފާނު އިތުރަށް ފަޟީޙަތްވެފައިވާ ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވަމުން ޒައިދު ވިދާޅުވީ ބޭސްކާންޖެހެޔޭ ކިޔައިގެން ދެއްކެވި ދެއުޅިއެއްނުވާ ވާހަކައިން ރައްޔިތުންގެ ކުރިމަތީގައި ރައީސް ނަޝީދު އިތުރަށް ފަޟީޙަތްވެ ނިމިފައިވާ ކަމަށެވެ.

އެކަމުން ދައްކައިދެނީ ވެރިކަމަށްޓަކައި ކިތަންމެ ދަށުދަރަޖައަކަށް ވެސް ވެއްޓިގަންނަން ރައީީސް ނަޝީދު ތައްޔާރަށް ހުރިކަން ކަމަށާއި އެއީ އެމަނިކުފާނުގެ އަސްލު ސިފަ ކަމަށް ޒައިދު ވިދާޅުވިއެވެ.



ޑިމޮކްރެޓުންގެ ހަރުގޭގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިޙަކީ ކޮންމެ ދުވަހަކު ހެނދުނު މުށެއް ފުރާ ބޭސް ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ހިތްޕުޅުގެ އާލާސްކަންފުޅާ ގުޅޭ ގޮތުންވެސް އަދަބާ ޚިލާފު ވާހަކަތަކެއް ރައީސް ނަޝީދު ވަނީ ދައްކަވާފައެވެ.

"ރައީސް ޞާލިޙަށް ދަންނަވާލަން އޮތީ މަނިކުފާނު މުސްކުޅިވެއްޖެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މުސްކުޅިވެ ގައިބާރު ދޫވީމާ އަރިސް ބޭފުޅުން ލައްވާ ވެރިކަން ކުރެވިދާނެ ކަމަށެވެ. ނަމަވެސް ގައުމަށް ރައްޔިތުންނަށް ކުރާނެ މަންފާއެއް އެކަމުން ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން