އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމުގައި ހުންނެވި އަލީ ނަޝާތުގެ މެންބަރުކަމުގެ ދައުރު ހަމަވެ މަޤާމުން ވަކިވެއްޖެއެވެ.

ނަޝާތު، އީސީގެ މެންބަރު ކަމަށް އައްޔަނު ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

ނަޝާތު އަލުން އެމަގާމަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފަ އެވެ. ނަމަވެސް މަޖިލީސް ޗުއްޓީއަށް ގޮސްފައިވަނީ އެމަސައްކަތް ނުނިންމައެވެ.

އީސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އިސްމާއިލް ހަބީބާއި ޑރ. މުހައްމަދު ޒާހިރާއި މުހައްމަދު އާސިފެވެ.

ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައިވަނިކޮށް އީސީގެ މެންބަރަކު މަދުވެފައިވާއިރު ކޮމިޝަނުގެ ރައީސްގެ އިތުބާރު މެންބަރުންނަށް ނެތްކަމަށްބުނެ އެ ކޮމިޝަނުންވަނީ ނިންމުމެއް ނިންމަވާފައެވެ.

ނަޝާތަކީ، އިލެކްޝަންސް ކޮމިޝަންގެ ޓެކްނިކަލް ކަންކަމުގައި ވަރަށް އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު