ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަމިއްލަ ޙައިސިއްޔަތުން ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ފޮނުވުމަށް ފަހު، އެ ބައްދަލުވުން ފަހުގެ ތާރީހަކަށް ފަސްކުރަށްވައިފިއެވެ.
މުޢިއްޒުގެ ޕްރެސް ކޮންފަރެންސް ފަސްކުރަށްވާފައިވާއިރު މިޕްރެސް ކޮންފަރެންސް ދެން ބާއްވާނެ ދުވަހެއް ހާމަކުރަށްވާފައެއް ނުވެއެވެ. މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރައްވަން ހަމަޖެހިފައިއޮތީ މިއަދު މެންދުރުފަހު 2:30 ގައި ދިމްޔާތު ހޮޓަލުގަ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުޢިއްޒު މިއަދު ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް އުޅުއްވީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާޢީދު ކުރަށްވާކަން ހާމަކުރެއްވުމަށެވެ. ރިޔާސީ ކެނޑިޑޭޓެއްގެ މައްސަލާގައި ޕީޕީއެމްގެ އެތެރޭގައި ޚިޔާލުތަފާތުވުންތަކެއް އުޅޭކަމަށްވެއެވެ. މުޢިއްޒަކީ ޕީޕީއެމްގެ ގިނަ މެންބަރުންގެ މެދުގައި ވަރަށް މަޤުބޫލު ބޭފުޅެކެވެ.
ރައީސް ޔާމީނަށް އިންތިޚާބަށް ކުރިމަތިނުލެއްވޭ ހާލަތެއްގައި ޕީޕީއެމްގެ ފަރާތުން ވާދަކުރަށްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއްބޭފުޅަކީ ޑރ. މުޢިއްޒެވެ.
ރައީސް ޔާމީން މިހާރު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ކުރަށްވާފައެވެ. އެކަން ކުރައްވާފައި ވަނީ ކަރެކްޝަނަލް ސާރވިސް މެދުވެރިކޮށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީން މިހާތަނަށް ފޯމް ހުށަހަޅާފައެއް ނުވެއެވެ.
ގާނޫނުގައި އޮންނަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅަންޖެހޭނީ ރަނިންމޭޓްގެ ނަމާއެކުއެވެ. އެމަނިކުފާނު މިހާތަނަށް ރަނިންމޭޓެއްވެސް ކަނޑައަޅުއްވާފައެއް ނުވެއެވެ.
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުޙުކުމްގެ އިސްތިޢުނާފް ހައިކޯޓުގައި ކުރިއަށް ދާއިރު އެމައްސަލަވެސް މިވަގުތު އޮތީ މަޑުޖެހިފައެވެ. ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަން ހުށައެޅުމަށް ހުޅުވާލާފައިވާއިރު ރައީސް ޔާމީންގެ ޖަލު ޙުކުމް ބާޠިލް ނުކުރެވިއްޖެނަމަ އެމަނިކުފާނަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު