ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އެންމެ ޚާއްސަ ސިފަފުޅަކީ ރައްޔިތުންގެ އުންމީދުތަކުގެ އަޑު ކަނުލާ އެއްސެވުން ކަމަށް ޖެންޑާރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޝިހާބު ވިދާޅުވެއްޖެ އެވެ.
ޝިހާބު ވިދާޅުވީ މިނިވަންދުވަހުގެ ރަސްމީޖަލްސާގައި އެންމެ ފާހަގަކުރެވުނު އެއް ވަގުތުކޮޅަކީ، ގައުމީ އިނާމު ހާސިލުކުރެއްވި ބޭފުޅުންގެ ފަރާތުން، އިހަވަންދޫ އިބްރާހިމް ރަޝީދު ދެއްކެވި ވާހަކަ ފުޅު ނިންމަވާލައްވާފައި ސްޓޭޖުން ފައިބާވަޑައިގަތް ވަގުތުކަމަށެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އިސްވެ ތެދުވެވަޑައިގެން އިބްރާހިމް ރަޝީދަށް ވަގުތުކޮޅެއް ހުސްކޮށްލައްވާ ވާހަކަފުޅު ދައްކަވާ ލެއްވި މަންޒަރަކީ ވަރަށް ހިތްގައިމު މަންޒަރެއް ކަމަށް ޝިހާބު ވިދާޅުވިއެވެ.
“ބަލާބެލުމަށް، އިބްރާހިމް ރަޝީދުގެ ވާހަކަ އަޑުއެއްސެވިކަމާއި މަސްވެރިންގެ ނަމުގައި ހުށަހެޅުއްވި ކަންތައްތަކަށް އިޖާބަދެއްވާ ޔަގީންކަމެއް ދެއްވީކަމަށް ފެނެއެވެ.” ޝިހާބު ވިދާޅުވިއެވެ.
ޝިހާބު ވިދާޅުވެފައިވަނީ ރައީސް ޞާލިޙްގެ އެންމެ ޚާއްޞަ އެއްސިފަޔަކީ ރައްޔިތުންގެ އުންމީދުތަކާއި އިހްސާސްތަކުގެ އަޑުއައްސަވާ، ބަލައިގަނެ، ރައްޔިތުންގެ އެދޭކަންކަން ރައްޔިތުން އެދޭމަގަށް ތަރުތީބުކޮށް ކުރެއްވުމުގެ ހުނަރު ކަމަށެވެ. އަދި ރައީސް އަކީ ރައްޔިތުން ވާހަކަދައްކަވާއިރު އޭގެ ކުރިމަރާލުމެއް ނެތި އަޑުއައްސަވާ ބޭފުޅެއްކަމަށް ޝިހާބު ވިދާޅުވިއެވެ.
“ރައްޔިތުންގެ އިހްސާސްތަކާއި އުންމީދުތަކުގެ ވާހަކަ ދައްކާއިރު، ކަނުލާ އައްޑުއެއްސެވުމާއި އުންމީދުތައް ހާސިލުކޮށްދެއްވުމަކީ ރައީސް ޞާލިޙްގެ އެންމެ ޚާއްޞަ އެއް ސިފައެވެ. އެކަން މިއަދުގެ ހާދިސާއިން ވަރަށް ސާފުކޮށް ފެނިގެން މަންޒަރުވެގެން ދިޔައެވެ.” ޝިހާބު ފާހަގަ ކުރެއްވިއެވެ.
ޝިހާބު ވިދާޅުވީ ރައްޔިތުންގެ އިހްސާސްތަކަށް އިހުތިރާމްކުރާ، އުންމީދުތައް ހާސިލުކުރެވޭނެ، އުފާވެރި އަމާން ރާއްޖެއަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުއާއެކު ދެވިދާނެކަމަށް ދިވެހިންގެ ތެރޭގައި އޮތް އިތުބާރު ދަނީ ބޮޑުތަނުން އިތުރުވަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު