މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ ރަނިންމޭޓަކަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔަރޑް ޑރ. ޢަބްދުﷲ ފައިރޫޝް ހަމަޖައްސަވާކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.
އެމްއެންޕީން ދަނީ އައްޑޫ ފޭދުއަށް ނިސްބަތްވާ ޑރ. ފައިރޫޝްގެ ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ޚަބަރު ލިބެއެވެ.
އެކަމާ ގުޅިގެން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ އިންތިހާބީ އެޖެންޓް އަހުމަދު އުޝާމް ވިދާޅުވީ ޑރ. ފައިރޫޝް އަކީ ކެމްޕެއިން މަސައްކަތްތަކުގައި ވަރަށް އިސްކޮށް އުޅުއްވާ ބޭފުޅެއްކަމަށެވެ. އެހެން ނަމަވެސް އެއްވެސް ބޭފުޅަކު ރަނިންމޭޓަކަށް ހަމަނުޖައްސާ ކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ ރަނިންމޭޓަކަށް ހަމަޖައްސާނެ ބޭފުޅުންތަކެއްގެ ނަން ހުށަހެޅި ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި މިއަދު އެކަމަށް ގޮތެއް ނިންމޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ފުލުހުންގެ ޚިދުމަތުގައި 20 އަހަރު ހޭދަކުރެއްވުމަށްފަހު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން ޑރ. ފައިރޫޝް ރިޓަޔަރ ކުރެއްވީ ޖެނުއަރީ 2، 2021 ގަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރާ ބެހޭ ގޮތުން ނުރަނގަޅު ތަސައްވަރެއް އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ ފުލުހުންގެ ވަޒީފާއިން ވަކިކުރި ޑރ. ފައިރޫޝަށް އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން ހުކުމް ކުރީ 2019 ވަނަ އަހަރުއެވެ.
ރައީސް މުޙައްމަދު ނަޝީދު 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު އިސްތިއުފާ ދެއްވުމަށްފަހު ވަގުތީ ގޮތުން ފުލުހުންގެ އިސްވެރިއަކަށް ހުންނެވީ ވެސް ފައިރޫޝް އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުންގެ ނަން ހުށައެޅުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލާފައިވާ އިރު، އެކަމުގެ ސުންގަޑި ހަމަވާނީ އަންނަ މަހުގެ 7 އަށެވެ. ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގައެވެ.

ކިޔުންތެރިންގެ ހިޔާލު