މާލެ ސަރަހައްދުން ހިމަބިހި ޖެހިފައިވާ ދިވެއްސަކު ފެނިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފައިވަނީ، އޭނާއަށް މި ބަލި ޖެހިފައި ވަނީ ރާއްޖެއިން ބޭރުން ކަމަށެވެ. އަދި އޭނާއަށް ހޮސްޕިޓަލްފައި އެޑްމިޓް ކޮށްގެން ފަރުވާދެމުންދާ ކަމަށްވެސް އެޗްޕީއޭ އިން މަޢުލޫމާތު ދެއެވެ.

އެޗްޕީއޭއިން ބުނީ އެމީހާވަނީ މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ކަމަށެވެ. އަދި އޭނާގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ހިމަބިއްސަކީ ދިވެހިރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއްކަމަށް ވުމާއެކު މި ބަލީގެ އެންމެ މީހެއް ފެނުނު ކަމުގައިވިޔަސް ބެލެވޭނީ އައުޓްބްރޭކެއްގެ ގޮތުގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ވަރަށް އަވަހަށް ވެކްސިން ދޭންޖެހޭ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ފެށޭނެކަމުގައިވެސް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

ހިމަބިހީގެ އަލާމާތްތަކަކީ ހުންއައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމެވެ. މީގެ އިތުރުން ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުމާއި ލޯ ރަތްވުންފަދަ އަލާމާތްތައްވެސް ބައެއް މީހުންގެ ފަރާތުން ފެނުން އެކަށީގެންވެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ އެއްވެސް މީހެއްގެ ފަރާތުން މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯއްދެވުމަށް އިލްތިމާސްކުރާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން