މޯލްޑިވްސް ރިފޯމް މޫވްމަންޓް އެމްއާރުއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެޕާޓީގެ ރައީސް އަޙްމަދު ފާރިސް މައުމޫން ފޯމް ހުށައަޅުއްވައިފިއެވެ.
އެމްއާރުއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފާރިސް ފޯމް ހުށައަޅުއްވާފައިވާއިރު ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ފާރިސް މައުމޫން ވަނީ ސޮއި ހޯއްދަވަން ފަށައިފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމްއާރުއެމް އުވާލުމުގެ މައްސަލަ ކޯޓުގައި އޮތުމުން، އެޕާޓީއަށް ފުރުސަތު ނުލިބިއްޖެނަމަ އިންތިޚާބުގައި ފާރިސް ވާދަކުރަށްވާނީ އަމިއްލަ ގޮތުންނެވެ.
އެމްއާރްއެމުން މިއަދު ބުނެފައިވަނީ އެޕާޓީގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޕާޓީގެ ރައީސް އަޙްމަދު ފާރިސް މައުމޫން މިއަދު ފޯމް ހުށައަޅުއްވާފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަކަށް އެމްއާރުއެމްގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހެޅުމަށް ފުރުސަތުދީފައިވަނީ މިއަދު ހަވީރު 16:00 އާއި ހަމައަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން އެމްއާރުއެމް އުވާލަން ނިންމީ، ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވެގެން، ދިން ނޯޓިސްގައި ވެސް އެ އަދަދު ހަމަ ނުވެގެން ކަމަށް ބުނެ އެވެ. ނަމަވެސް، އެ ޕާޓީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޮމިޝަންގެ އެ ނިންމުމަށް އަމަލު ކުރަން ފަސް ކުރަން ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.
ފާރިސް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާއިރު، ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީނަށް ވާދަނުކުރެވޭނަމަ ޕީޕީއެމްގެ ޓިކެޓް ލިބިވަޑައިގަތުން ގާތް ބޭފުޅުންގެ ތެރޭގައި ފާރިސްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަދި ރައީސް މައުމޫންގެ ހަގު ދަރިކަލުން ޣައްޞާން މައުމޫންވެސް ހިމެނޭކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އެމް.އާރު.އެމް ގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއަވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް، އެމް.އާރް.އެމްގެ ރައީސް @afarismaumoon ފޯމު ހުށަހަޅުއްވައިފިއެވެ. pic.twitter.com/6KAD6ZHl0U
— Maldives Reform Movement (@MRM_Office) July 27, 2023
ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަކަށް އެމްއާރުއެމްގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހެޅުމަށް ފުރުސަތުދީފައިވަނީ މިއަދު ހަވީރު 16:00 އާއި ހަމައަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން އެމްއާރުއެމް އުވާލަން ނިންމީ، ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވެގެން، ދިން ނޯޓިސްގައި ވެސް އެ އަދަދު ހަމަ ނުވެގެން ކަމަށް ބުނެ އެވެ. ނަމަވެސް، އެ ޕާޓީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޮމިޝަންގެ އެ ނިންމުމަށް އަމަލު ކުރަން ފަސް ކުރަން ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.
ފާރިސް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާއިރު، ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީނަށް ވާދަނުކުރެވޭނަމަ ޕީޕީއެމްގެ ޓިކެޓް ލިބިވަޑައިގަތުން ގާތް ބޭފުޅުންގެ ތެރޭގައި ފާރިސްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަދި ރައީސް މައުމޫންގެ ހަގު ދަރިކަލުން ޣައްޞާން މައުމޫންވެސް ހިމެނޭކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު