ރާއްޖޭން އިންސާނީ ޙައްޤުތައް ދެމެހެއްޓުމުގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރަށްވާފައިވާ އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މިނިވަންދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި އައްބާސް ވިދާޅުވީ އެމްނެސްޓީ އިންޓަނޭޝަނަލުން ދިވެހި ރާއްޖެއާ ގުޅޭގޮތުން ފުރަތަމަ ރިޕޯޓް ނެރުނުތާ 20 އަހަރު ފަހުން އިންސާނީ ޙައްޤުތައް ދެމެހެއްޓުމުގައި ރާއްޖެ ހޯދާފައިވަނީ ބޮޑު ކުރިއެރުމެއް ކަމަށެވެ.
އައްބާސް ވިދާޅުވީ 2003 ވަނަ އަހަރުގެ ޖުލައި މަހުގެ ރިޕޯޓަށް ފަހު އިންސާނީ ހައްގުތައް ކަށަވަރު ކުރުމުގައި ރާއްޖޭން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި އެއީ ދިވެހީންގެ ބުރަ މަސައްކަތުން ހޯދި ޑިމޮކްރަސީ ހިފެއްޓުމުން ލިބިފައިވާ ކުރިއެރުންތަކެއްކަން އައްބާސް ފާހަގަ ކުރެއްވިއެވެ.
އައްބާސް ވިދާޅުވީ ޑިމޮކްރަސީގެ މަގުގައި ރާއްޖޭން ހޯދި ކާމިޔާބުތައް ދުށުމުގެ ނަސީބު މިދިޔަ 20 އަހަރު ލިބިފައިވުމަކީ ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށެވެ.
އައްބާސްގެ ވާހަކަފުޅާ ގުޅިގެން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވިދާޅުވީ ރާއްޖޭގެ އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީގެ މަގުގައި ރާއްޖޭން ހޯދާފައިވާ އަދި ހޯދަމުންދާ ކުރިއެރުންތައް ވަޒަން ކުރެއްވުމަށް އައްބާސް ފާއިޒަށްވުރެ އެކަށޭނެ ބޭފުޅަކު ނެތް ކަމަށެވެ.
އައްބާސް ވަނީ 20 އަހަރަށްވުރެ ގިނަ ދުވަހު އެމްނެސްޓީގައި މަސައްކަތް ކުރަށްވާފައެވެ. އެމްނެސްޓީން އޭރު ބެލި ކަންކަމުގެ ތެރޭގައި ނުހައްގުން މީހުން ޖަލަށްލުމާއި، ބަންދުގައި ބައިތިއްބައިގެން މީހުންނަށް އަނިޔާކުރުމާއި ގޮތްނޭންގޭ މަރުތަކުގެ މައްސަލަތައް ހިމެނެއެވެ.
މެއި 6 ގައި ރައީސް ނަޝީދަށް ދިން ބޮމުގެ ޙަމަލާއާ ގުޅިގެން ތަޙުޤީޤާއި ޝަރީޢަތް ކުރިއަށްދާގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރެއްވި ޚާއްޞަ މަންދޫބަކީވެސް އައްބާސް ފާއިޒެވެ.

Happy Independence Day to everyone in the Maldives. In the past 20 years since Amnesty's full length report in July 2003, the country has taken great leaps towards a better human rights future and has retained its hard earned democracy. Proud to have been witness to this.
— Abbas Faiz (@tweetafaiz) July 26, 2023
އައްބާސްގެ ވާހަކަފުޅާ ގުޅިގެން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ވިދާޅުވީ ރާއްޖޭގެ އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީގެ މަގުގައި ރާއްޖޭން ހޯދާފައިވާ އަދި ހޯދަމުންދާ ކުރިއެރުންތައް ވަޒަން ކުރެއްވުމަށް އައްބާސް ފާއިޒަށްވުރެ އެކަށޭނެ ބޭފުޅަކު ނެތް ކަމަށެވެ.
އައްބާސް ވަނީ 20 އަހަރަށްވުރެ ގިނަ ދުވަހު އެމްނެސްޓީގައި މަސައްކަތް ކުރަށްވާފައެވެ. އެމްނެސްޓީން އޭރު ބެލި ކަންކަމުގެ ތެރޭގައި ނުހައްގުން މީހުން ޖަލަށްލުމާއި، ބަންދުގައި ބައިތިއްބައިގެން މީހުންނަށް އަނިޔާކުރުމާއި ގޮތްނޭންގޭ މަރުތަކުގެ މައްސަލަތައް ހިމެނެއެވެ.
މެއި 6 ގައި ރައީސް ނަޝީދަށް ދިން ބޮމުގެ ޙަމަލާއާ ގުޅިގެން ތަޙުޤީޤާއި ޝަރީޢަތް ކުރިއަށްދާގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރެއްވި ޚާއްޞަ މަންދޫބަކީވެސް އައްބާސް ފާއިޒެވެ.
ކިޔުންތެރިންގެ ހިޔާލު