ރާއްޖޭގައި މެޑިކަލް މެރުއާނާ ހުއްދަ ކުރަށްވާނެކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުالله ޖާބިރު ވިދާޅުވުމުން ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު އެކަމާމެދު ނުރުހުން ފާޅުކުރަށްވައިފިއެވެ.
ދާދިފަހުން ރާއްޖޭގެ މީޑިއާއެއްގައި ވާހަކަ ދައްކަވަމުން މެންބަރު ޖާބިރު ވިދާޅުވެފައިވަނީ މިއަންނަ ދައުރުގައި ޤާނޫނެއްގެ ދަށުން ރާއްޖޭގައި ގޭމިން އެންޓަޓެއިންމެންޓާއި މެޑިކަލް މެރުއާނާ ހުއްދަވެގެންދާނެ ކަމަށެވެ. އަދި އެގޮތަށް ޤާނޫނުތައް ބަދަލުވެގެންދާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
މެޑިކަލް މެރުއާނާގެ މައްސަލާގައި ޖާބިރަށް ރައްދު ދެއްވަމުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މީހަކު ގޮނޑިއަކަށް އިންތިޚާބުވުމަކީ އިސްލާމްދީނާ ޚިލާފު ވާހަކަދައްކަން ލިބޭ ލައިސެންސެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ފިސްޤުގެ ޢަމަލުތައް ފަތުރަން ފާޅުގައި ގޮވާލާ ފާސިޤުން ތިބެންވާނީ ހައްޔަރުގައި ކަމަށް ޒައިދު ވިދާޅުވިއެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ފައިސާއަށްޓަކައި ޤައުމުގެ ޒިންމާދާރު ބައެއް މަޤާމްތަކަށް އެފަދަ ފާސިޤު ވާހަކަ ދައްކާ ފަރާތްތައް އިންތިޚާބް ކުރިބަޔަކާއި މެދުވެސް އަޖާޢިބުވާ ކަމަށެވެ.
“މުޖުތަމަޢުގައި ރަލާއި ޖުވާއާއި ކެސިނޯ އާއި މެރުއާނާ ޑްރަގް ހުއްދަކުރަން ވަކާލާތުކުރާ ފާސިޤުންނަށް ފިޔަވަޅު އަޅަން ޖެހޭ.” މެންބަރު ޖާބިރަށް ރައްދު ދެއްވަމުން ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ޖާބިރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ ޖުވާކުޅުން މިހާރު ރާއްޖޭގައި އާންމުވެފައިވާ މިންވަރު ސިރީކުރެއް އަހާލުމުން އެނގޭނެ ކަމަށެވެ. އަދި ޤާނޫނަކުން މެޑިކަލް މެރުއާނާ ހުއްދަ ކުރަށްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
“ގޭމިން އެންޓަޓެއިންމެންޓު އެކަހަލަ އެއްޗެހިވެސް ހުއްދަވާނެ. އަދި މެޑިކަލް މެރުއާނާ އުސޫލެއްގެ ދަށުން ރާއްޖޭގައި ހުއްދަވެގެންދާނެ، ޤާނޫނުތައް ބަދަލުވެގެންދާނެ. ސިރީއަށް ދަންނަވާ ބަލަ ކިތައް ޓޭބަލްގައި ގޭމިން އެބަކުޅޭތޯ؟“ ޖާބިރު ވިދާޅުވެފައިވެއެވެ.
ޖާބިރުގެ ވާހަކަފުޅާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އޭނާއަށް ވަނީ އަމާޒުވެފައެވެ.

ޔާ ﷲ! ހޮޑައިނދޫ ރައްޔިތުންގެ ނުބައިކަމުން އަޅަމެން ސަލާމަތްކުރައްވާށި! އާމީން.
— Ali Zaid (@alizaid1000) July 28, 2023
ރާއްޖޭގައި ފިސްޤުގެ ޢަމަލުތައް ފަތުރަން ފާޅުގައި ގޮވާލާ ފާސިޤުން ތިބެންވާނީ ހައްޔަރުގައި. ފައިސާއަށް ޤައުމުގެ ޒިންމާދާރު ބައެއް މަޤާމްތަކަށް މިފަދަ ފާސިޤުންއިންތިޚާބް ކުރިބަޔަކާއި މެދު އަޖާޢިބުވަން!
ރާއްޖޭގެ މީޑިއާއެއްގައި ޖާބިރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ ޖުވާކުޅުން މިހާރު ރާއްޖޭގައި އާންމުވެފައިވާ މިންވަރު ސިރީކުރެއް އަހާލުމުން އެނގޭނެ ކަމަށެވެ. އަދި ޤާނޫނަކުން މެޑިކަލް މެރުއާނާ ހުއްދަ ކުރަށްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
“ގޭމިން އެންޓަޓެއިންމެންޓު އެކަހަލަ އެއްޗެހިވެސް ހުއްދަވާނެ. އަދި މެޑިކަލް މެރުއާނާ އުސޫލެއްގެ ދަށުން ރާއްޖޭގައި ހުއްދަވެގެންދާނެ، ޤާނޫނުތައް ބަދަލުވެގެންދާނެ. ސިރީއަށް ދަންނަވާ ބަލަ ކިތައް ޓޭބަލްގައި ގޭމިން އެބަކުޅޭތޯ؟“ ޖާބިރު ވިދާޅުވެފައިވެއެވެ.
ޖާބިރުގެ ވާހަކަފުޅާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އޭނާއަށް ވަނީ އަމާޒުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު