ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފުވައްމުލައްސިޓީއަށް މިއަދު ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު މާދަމާއަށް ފަސްކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ރައީސްގެ ދަތުރުފުޅަކީ ކެމްޕޭން ދަތުރުފުޅެއް ކަމަށާއި އެހެންކަމުން ދަތުރުގެ އިންތިޒާމްތައް ހަމަޖައްސަވަނީ ކެމްޕޭން އޮފީހުން ކަމަށެވެ.
ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ ރަނިންމޭޓްވެސް ރަސްމީކޮށް އިޢުލާނު ކުރަށްވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބަށް ރައީސް މިހާރު ވަނީ ކެމްޕޭން ފައްޓަވާފައެވެ. އެގޮތުން ރައީސް ވަނީ މީގެ ކުރިން މުލަކު އަތޮޅާއި ވ. އަތޮޅުގެ އިތުރުން ބޮޑުތިލަދުންމައްޗަށް ވަޑައިގެން ކެމްޕޭން ކުރަށްވާފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ނަން ހުށަހެޅުމުގެ ފުރުސަތު މިދިޔަ އާދީއްތަ ދުވަހު އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ ހުޅުވާލައިފަ އެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޮގަސްޓް މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރައީސްގެ ކެމްޕޭން ދަތުރުފުޅު ފަސްކޮށްފައިވާއިރު މިއަދަކީ ރާއްޖެއަށް މޫސުން ގޯސް ދުވަހެކެވެ. މެޓް އޮފީހުން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ދެކުނާއި މެދުރާއްޖޭގެ ބައެއް ރަށްތަކަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ.
މިއަދު ދެކުނުގެ ކަނޑުތައް މަޑުނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު