އަމިއްލަގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރަށްވާ ޢުމަރު ނަސީރު 2000 ސޮއި ހަމަކޮށްފިއެވެ.

ރިޔާސީ އިންތިހާބާ ބެހޭ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ)ގައި ވަނީ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން، ކެންޑިޑަސީ ފޯމާ އެކު 1،500 ސޮއި ހުށަހަޅަން ޖެހޭނެ ކަމަށެވެ. ޕާޓީއެއްގެ ރިޔާސީ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރާނަ ސޮއި ހުށަހަޅާކަށް ނުޖެހެއެވެ.

ޢުމަރު އިއްޔެ ވިދާޅުވީ ސޮއި ހޯދުމުގެ މަސައްކަތް މީގެ ފަސް ދުވަސް ކުރިން ފަށައިގެން ފަސް ވަނަ ދުވަހަށް އައިއިރު 2،000 ސޮއި ހަމަކޮށްފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ރަސްމީކޮށް ޢުމަރު މިހާރުވަނީ ކެމްޕޭންވެސް ފަށްޓަވާފައެވެ. އެގޮތުން ޑޯ ޓު ޑޯ ޙަރަކާތްތައްވެސް ޢުމަރު ގެންދަވަނީ ހިންގަވަމުންނެވެ.

ޢުމަރު ވިދާޅުވެފައިވަނީ މިފަހަރު އިންތިޚާބަށް ކުރިމަތިލެއްވީ ރައީސުލްޖުމްހޫރިއްޔާ ބަދަލު ކުރުމަށް ނޫން ކަމަށާއި މިއީ ގައުމުގެ މިސްރާބު ބަދަލު ކުރަން ކުރާ މަސައްކަތެއް ކަމަށެވެ.

ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން