ކޯލިޝަނަކީ ޤާނޫނު އަސާސީ ދަންނައެއްޗެއްނޫން ކަމަށް ޤާނޫނު އަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުޤައްރިރު އިބްރާހިމް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އިބްރާ މިމޭރުމުން ވިދާޅުވީ ރިޔާސީ އިންތިޚާބު ބޭއްވުމުގެ ކުރިން ކޯލިޝަނަކަށް ޤާނޫނީ ބާރު ލިބިދީ އަދި ކޯލިޝަން ރޫޅިއްޖެ ހާލަތެއްގައި ސަރުކާރު ބަދަލު ވާނެ ގޮތް ކަނޑައެޅުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން ޢަމްރު ވިދާޅުވުމާ ގުޅިގެންނެވެ.
ޢަމްރަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާ ވިދާޅުވީ އެފަދަ ޤާނޫނެއް އެކުލަވާލުމަށް ޤާނޫނު އަސާސީ ތަންނުދޭ ކަމަށެވެ. އޭގެ އިތުރުން ދަޢުލަތް ހަލާކުވަމުންދަނީ ސިޔާސީ މީހުން މި ޙަޤީޤަތް ޤަބޫލު ނުކުރާތީ ކަމަށް އިބްރާ ވިދާޅުވިއެވެ.
“ޤާނޫނު އަސާސީ ދަންނައެއްޗެއްނޫން ކޯލިޝަނަކީ. އަދި ޤާނޫނު އަސާސީން ސިޔާސީ ޕާޓީއަކަށް ކަނޑައެޅިފައި އޮންނަ ދައުރެއްވެސް ނޯވޭ.” އިބްރާ ވިދާޅުވިއެވެ.
އިބްރާ އިތުރަށް ވިދާޅުވީ ޤާނޫނުން މަނާ ނުކުރާ ކަންކަން ހުއްދަވާ މަފްޙޫމްގެ ދަށުން ކޯލިޝަނެއް ހެދިދާނެ ކަމަށާއި ނަމަވެސް، އެ ކޯލިޝަނަށް "ޤާނޫނީ އިތުރު ބާރެއް" ނުދެވޭނެ ކަމަށެވެ.
“ރައްޔިތުން ވޯޓްލާނީ މީހަކަށް. ޕާޓީއަކަށް، ކޯލިޝަނަކަށް ނޫން.” ޤާނޫނު އަސާސީ އެކުލަވާލި ޚާއްސަމަޖިލީހުގައި މާލޭގެ މެންބަރުކަން ކުރެއްވި އިބްރާ ވިދާޅުވިއެވެ.
އިބްރާގެ ވާހަކަފުޅާ ގުޅިގެން އަމްރު އިތުރަށް ވިދާޅުވީ މިހާރު އެކަން އޮތީ އެގޮތަށް ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި މިހާރު ޢަމަލުކުރަމުން އަންނަ ގޮތުން ޤާނޫނު އަސާސީއަށް 15 އަހަރު ވެފައިވާއިރު އެއީ އިތުރަށް ވިސްނާލަންޖެހޭ ކަމެއް ކަމަށް އަމްރު ވިދާޅުވިއެވެ.
“ޕާޓީއަކުން އިންތިޚާބުގައި ވާދަކުރުމާ، ޕާޓީއަކުން ވެރިކަން ކުރުމާ، ކޯލިޝަން ހަދައިގެން ވެރިކަމަށް އަންނަ ގޮތް ޤާނޫނު އަސާސީގަ ލިޔެވިފަ ކޮންމެހެން އޮންނަން ޖެހޭ.” އަމްރު އިތުރަށް ވިދާޅުވިއެވެ.
ކޯލިޝަނަށް ޤާނޫނީ ބާރު ދިނުމުގެ ވާހަކަ އަމްރު ދައްކަވާފައި ވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕާޓީތަކުން ދަނީ ކޯލިޝަންތައް އެކުލަވާލަމުންނެވެ. އެގޮތުން އެމްޑީޕީން ޢަދާލަތު ޕާޓީ އާއި އެމްޑީއޭ އާއެކު ވަނީ ކޯލިޝަން ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު