ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އަޚުލާޤަކީ މުޖުތަމަޢަށް ކުރިމަތިވެފައި އޮތް ގޮންޖެހުމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ސަޢުދު މިމޭރުމުން ވިދާޅުވެފައިވާއިރު މަޖިލީހުގެ ބައެއް މެންބަރުން އާއްމު ތަންތަނާއި ޓީވީ ޕްރޮގްރާމްތަކުގައި މުޖުމަޢުގެ ހަމަތަކާ ޚިލާފަށް ޢަމަލު ކުރަށްވާކަމުގެ ކަންބޮޑުވުން ޢާއްމު ރައްޔިތުން ގެންދަނީ ފާޅުކުރަމުންނެވެ.
އެގޮތުން ދާދިފަހުން ރާއްޖޭގެ މީޑިއާއެއްގައި ވާހަކަ ދައްކަވަމުން މެންބަރު ޖާބިރު ވިދާޅުވެފައިވަނީ މިއަންނަ ދައުރުގައި ޤާނޫނެއްގެ ދަށުން ރާއްޖޭގައި ގޭމިން އެންޓަޓެއިންމެންޓާއި މެޑިކަލް މެރުއާނާ ހުއްދަވެގެންދާނެ ކަމަށެވެ. އަދި އެގޮތަށް ޤާނޫނުތައް ބަދަލުވެގެންދާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
މެންބަރުންގެ މިފަދަ ޢަމަލުތަކާ ގުޅިގެން ސަޢުދު ވިދާޅުވީ ދިވެހިންގެ އިޖްތިމާޢީ ފޭރާމާއި މިއަދުގެ ކުޑަކުދިންނަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އަޚްލާޤު ކަމަށެވެ.
“މިފަދަ ބައެއް މެންބަރުން މި ކޮށިން ބޭރުވާނެ ޤާނޫނު އެބަ ހަދަންޖެހޭ.” ސަޢުދު ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ޖާބިރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ ޖުވާކުޅުން މިހާރު ރާއްޖޭގައި އާންމުވެފައިވާ މިންވަރު ސިރީކުރެއް އަހާލުމުން އެނގޭނެ ކަމަށެވެ. އަދި ޤާނޫނަކުން މެޑިކަލް މެރުއާނާ ހުއްދަ ކުރަށްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު