3000 ވޯޓު ލިބުނު ބޭފުޅަކަަށް ރިޔާސީ އިންތިޚާބު ކާމިޔާބު ވާނެކަމަށް ބުނުމަކީ ހެއްވާ ކަމެއް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިމޭރުމުން ވިދާޅުވީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ކާމިޔާބު ކުރަށްވާނެ ކަަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
އިލްޔާސަށް ރިޔާސީ ޓިކެޓު ދޭން ފެންނަ ކަމަށް އިއްޔެ އޮތް ޑިމޮކްރެޓްސްގެ ޕްރައިމަރީގައި 3،041 މީހުން ވޯޓު ދީފައިވެ އެވެ. ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 153 ވޯޓެވެ. އެހެންކަމުން އިލްޔާސްއަށް ރިޔާސީ ޓިކެޓު ލިބިވަޑައިގަތީ ވޯޓު ދިން މީހުންގެ ތެރެއިން 94 ޕަސެންޓު މީހުންގެ ތާއީދާއެކު އެވެ.
އެކަމާގުޅިގެން ޝަރީފް ވިދާޅުވީ އިލްޔާސް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަށްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމަކީ ހެއްވާ ކަމެއް ކަމަށެވެ.
“ޢާއްމުކޮށް ހުޅުވާލައިގެން ބޭއްވުނު ޕްރައިމަރީއަކުން 3000 ވޯޓު ލިބިގެން ކާމިޔާބު ކުރެވުނު ބޭފުޅަކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވުމަކީ ހެއްވާ ކަމެއް.” ޝަރީފް ވިދާޅުވެފައިވެއެވެ.
ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރުމުގެ ޤާބިލުކަން ހުރި ހަމައެކަނި ކެންޑިޑޭޓަކީ ރައީސް ޞާލިޙް ކަމަށެވެ. އެގޮތުން އެމްޑީޕީގައި މިހާރުވެސް ފަސްދޮޅަސްހާސް މެންބަރުން ތިބިކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.
ޑިމޮކްރެޓްސްގައި ހަތަރުހާސް މެންބަރުންވެސް ހަމަނުވާކަމަށާއި އެޕާޓީ އަކީ ޢަދާލަތާއި އެމްއެންޕީ އަށް ވުރެވެސް ސައިޒްގެ ގޮތުން ކުޑަ ޕާޓީއެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މި ދައުރުގައި ކުރިމަތިވި ހުރިހާ ހުރަސްތަކާއެކުވެސް ރައީސް ޞާލިޙް ވަނީ ނަތީޖާ ނެރެދެއްވާފައި ކަމަށެވެ. އެހެންކަމުން ކުރިމަތިވާ ގޮންޖެހުންތައް ގިރާކޮށް ރައީސް ޞާލިޙް ރާއްޖެ އަމާން ބަނދަރަކަށް ގެންގޮސްދެއްވާނެކަން ކަށަވަރު ކަމަށް ޝަރީފްވަނީ ވިދާޅުވެފައެވެ.

When everything is said n done, only candidate who has the capacity to win in upcoming presidential election is @ibusolih ,who has delivered under very difficult n challenging circumstances on many of the promises he made.We can’t afford to experiment w/ unproven candidates ….
— Ibrahim Shareef (@AdduShareef) July 29, 2023
ޝަރީފް ވިދާޅުވީ މި ދައުރުގައި ކުރިމަތިވި ހުރިހާ ހުރަސްތަކާއެކުވެސް ރައީސް ޞާލިޙް ވަނީ ނަތީޖާ ނެރެދެއްވާފައި ކަމަށެވެ. އެހެންކަމުން ކުރިމަތިވާ ގޮންޖެހުންތައް ގިރާކޮށް ރައީސް ޞާލިޙް ރާއްޖެ އަމާން ބަނދަރަކަށް ގެންގޮސްދެއްވާނެކަން ކަށަވަރު ކަމަށް ޝަރީފްވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު