ޝައިޚް ޢަލީ ޒައިދު ހޮނޑައިދޫ ރައްޔިތުންނަށް ބަދު ދުޢާކުރުން ހަނިމާދޫ ކައުންސިލުގެ ނައިބު ރައީސް ފިރާގް މުހައްމަދު ކުށްވެރިކުރަށްވައިފިއެވެ.
ޝެއިޚް ޢަލީ ޒައިދު އިއްޔެ މީސް މީޑިއާގައި ކޮށްފައިވާ ބަދު ދުޢާ ކުށްވެރިކޮށް ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ ޝައިޚް ޒައިދު އެފަދަ ދުޢާއެއް ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަމަށެވެ. އަދި ހޮނޑައިދޫ ރައްޔިތުންގެ ކިބައިން ޒައިދު މައާފަށް އެދުމަށް ފިރާޤުގޮވާލައްވާފައިވެއެވެ.
ޝައިޚް އަލީ ޒައިދު އިއްޔެވަނީ ”ޔާ ﷲ! ހޮޑައިނދޫ ރައްޔިތުންގެ ނުބައިކަމުން އަޅަމެން ސަލާމަތްކުރައްވާށި! އާމީން!” މިފަދައިން ކޮށްފައިވާ ދުއާއެއް މީސް މީޑިއާގައި ޙިއްސާކޮށްފައެވެ.
އެކަމާ ގުޅިގެން ފިރާޤު ވިދާޅުވީ ހޮނޑައިދޫ ރައްޔިތުން ވަނީ މީގެ އަހަރުތަކެއް ކުރިން ހަނިމާދޫއަށް ބަދަލުކޮށްފައިކަމަށެވެ. އަދި މިފަދަ ދުޢާއެއް ކުރުމުގެ ކުރިން ތިމާގެ ދުލުން މި ބޭރުކޮށްލެވެނީ ކިހާވަރެއްގެ ބަހެއްކަން ބެލުމަކީ އެއްމެ އެދެވިގެންވާ ކަމައްކަމަށްވެސް ފިރާޤު ވިދާޅުވިއެވެ.
”އެ ރައްޔިތުންގެ ކިބައިން މާފަށް އެދުމަށް ގޮވާލަން، އެހެން ނޫންނަމަ މިހާރު ޒައިދުއަށް ލިބެމުން އެދާ އެތައް ބައެއްގެ ހިތްނުތަނަވަސްކަމާއި ނުރުހުންތަކަށް މާފެއް ނުލިބޭނެ” ފިރާޤް ވިދާޅުވެފައިވެއެވެ.
ހޮނޑައިދޫ ރައްޔިތުންނަކީ އަހްލާގު ރަނގަޅު، އޯގާތެރި، ކިޔަމަންތެރި، އެހާމެ ހިތްހެޔޮ، ރައްޔިތެއްކަމަށާއި، އެރައްޔިތުންނަށް ބަދު ދުއާއެއް ކުރަންޖެހޭވަރުގެ ކަމެއް އެފަރާތްތަކުން ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ފިރާޤު ވިދާޅުވިއެވެ.
ހަމައެއާއެކު ޝައިޚް އަލީ ޒައިދު ސޯޝަލް މީޑިއާގައި ފާޅުކަންބޮޑު ގޮތަކަށް ހޮނޑައިދޫ ރައްޔިތުންނަށް ނިސްބަތްކޮށް ކޮއްފައިވާ ދުޢާގެ ސަބަބުން އެރަށުގެ އެތައް ރައްޔިތަކަށް ވަނީ ކުއްލި ސިހުމެއް ލިބިފައިކަމަށާއި، ހިތްތަކަށް ނުތަނަވަސްކަމުގެ އިތުރުން ބިރުވެރިކަން ވަދެފައިވާކަން ފިރާޤު ފާހަގަކުރެއްވިއެވެ.
ހޮނޑައިދޫ ރައްޔިތުންނަށް ބަދު ދުޢާ ކުރުމާއެކު ޝައިޚް ޒައިދު ވިދާޅުވީ ރާއްޖޭގައި ފިސްޤުގެ ޢަމަލުތައް ފަތުރަން ފާޅުގައި ގޮވާލާ ފާސިޤުން ތިބެންވާނީ ހައްޔަރުގައި ކަމަށެވެ. އަދި ފައިސާއަށްޓަކައި ޤައުމުގެ ޒިންމާދާރު ބައެއް މަޤާމްތަކަށް އެފަދަ ފާސިޤު ވާހަކަ ދައްކާ ފަރާތްތައް އިންތިޚާބް ކުރިބަޔަކާއި މެދުވެސް އަޖާޢިބުވާ ކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ.

ސެހް @alizaid1000 ގެ މި އަމަލު ކުއްވެރިކުރަން، މިއީ ވަރަށް ދެރަ ކަމެއް، މި ދުއާގެ އިބާރާތުން ރައްދުވީ ހޮނޑައިދޫގެ ހުރިހާ ރައްޔިތުންނަށް pic.twitter.com/6IRD0bcCMm
— Firaaq Mohamed (@FiraaqMohamed_) July 29, 2023
ހޮނޑައިދޫ ރައްޔިތުންނަކީ އަހްލާގު ރަނގަޅު، އޯގާތެރި، ކިޔަމަންތެރި، އެހާމެ ހިތްހެޔޮ، ރައްޔިތެއްކަމަށާއި، އެރައްޔިތުންނަށް ބަދު ދުއާއެއް ކުރަންޖެހޭވަރުގެ ކަމެއް އެފަރާތްތަކުން ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ފިރާޤު ވިދާޅުވިއެވެ.
ހަމައެއާއެކު ޝައިޚް އަލީ ޒައިދު ސޯޝަލް މީޑިއާގައި ފާޅުކަންބޮޑު ގޮތަކަށް ހޮނޑައިދޫ ރައްޔިތުންނަށް ނިސްބަތްކޮށް ކޮއްފައިވާ ދުޢާގެ ސަބަބުން އެރަށުގެ އެތައް ރައްޔިތަކަށް ވަނީ ކުއްލި ސިހުމެއް ލިބިފައިކަމަށާއި، ހިތްތަކަށް ނުތަނަވަސްކަމުގެ އިތުރުން ބިރުވެރިކަން ވަދެފައިވާކަން ފިރާޤު ފާހަގަކުރެއްވިއެވެ.
ހޮނޑައިދޫ ރައްޔިތުންނަށް ބަދު ދުޢާ ކުރުމާއެކު ޝައިޚް ޒައިދު ވިދާޅުވީ ރާއްޖޭގައި ފިސްޤުގެ ޢަމަލުތައް ފަތުރަން ފާޅުގައި ގޮވާލާ ފާސިޤުން ތިބެންވާނީ ހައްޔަރުގައި ކަމަށެވެ. އަދި ފައިސާއަށްޓަކައި ޤައުމުގެ ޒިންމާދާރު ބައެއް މަޤާމްތަކަށް އެފަދަ ފާސިޤު ވާހަކަ ދައްކާ ފަރާތްތައް އިންތިޚާބް ކުރިބަޔަކާއި މެދުވެސް އަޖާޢިބުވާ ކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު