ގއ. ދެއްވަދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިފެށޭ އޮގަސްޓްމަހު ފަށަން ނިންމައިފިއެވެ.

މިމަސައްކަތް ކުރިއަށްގެންދާ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ ދެއްވަދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް މިހާރު އެކުންފުނިން އަންނަނީ ތައްޔާރުވަމުންކަމަށެވެ. އެގޮތުން މި މަޝްރޫއުގެ އީއައިއޭގެ މަސައްކަތްތައް މިހާރުވަނީ ނިމިފައިކަމަށާ، ވަރަށް އަވަހަށް މިމަސައްކަތަށް ބޭނުންވާ ސާމާނު ރަށަށް ގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ. އެއާއެކު މިފެށޭ މަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފަށާނެ ކަމަށް އެކުންފުނިން ބުނެއެވެ.

މިމަސައްކަތް ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ ތެރޭގައި މުޅިން ނިންމާނެކަށް އެމްޓީސީން ބުނެއެވެ.

ދެއްވަދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ރަށުގެ ވަށައިގެން އެކި ހިސާބުތަކުގައި ބޮޑު ހިލައިގެ ރިވެޓްމަންޓް ޖަހާނެއެވެ. އަދި 14 ހުރަސް ތޮށި ޖަހާނެއެވެ. މިއީ 22މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރައްވައިގެން ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން