އައްޑޫ ސިޓީ ކައުންސިލްގެ މަރަދޫފޭދޫ ކައުންސިލަރު ޚާލިދާ މުހައްމަދު ދަ ޑިމޮކްރެޓްސް އަށް ސޮއިކޮށްފިއެވެ،

ޚާލިދާ ޑިމޮކްރެޓްސްއަށް ސޮއިކޮށްފައިވަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ފޭދޫގައި ބޭއްވި ޖަލްސާގައެވެ.

ޚާލިދާ އައްޑޫ ސިޓީ ކައުންސިލަށް އިންތިޚާބުވެފައިވަނީ އެމްޑީޕީ ޓިކެޓްގައެވެ. ޚާލިދާގެ މެމްބަރޝިޕް ފޯމާއި ހަވާލުވީ ރައީސް ނަޝީދެވެ.



އައްޑޫ ސިޓީ ކައުންސިލްގައި 13 ކައުންސިލަރުން ތިއްބަވާއިރު އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ 7 ކައުންސިލަރުން ތިއްބަވައެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕެއިނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އައްޑޫ ސިޓީއަށް ވަޑައިގަތީ އިއްޔެ ހަވީރުގެ ވަގުތެެއްގައެވެ.

މިއީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވި ފަހުން އަތޮޅު ތެރެއަށް ކުރަށްވާ ފުރަތަމަ ދަތުރުފުޅެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން