ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ޞާލިޙް މިއަދު ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް ޞާލިޙް ފުވައްމުލަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލަކުގައި މިރޭ ރައީސް ޞާލިޙްގެ ޚާއްސަ ކެމްޕޭން ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބަށް ރައީސް މިހާރު ވަނީ ކެމްޕޭން ފައްޓަވާފައެވެ. އެގޮތުން ރައީސް ވަނީ މީގެ ކުރިން މުލަކު އަތޮޅާއި ވ. އަތޮޅުގެ އިތުރުން ބޮޑުތިލަދުންމައްޗާއި ށ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން ކެމްޕޭން ކުރަށްވާފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ނަން ހުށަހެޅުމުގެ ފުރުސަތު މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ ހުޅުވާލައިފަ އެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޮގަސްޓް މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން