ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މަންމާފުޅު ފާތިމަތު ހަސަން މިއަދު ހެނދުނު އަވަހާރަވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވީ ސިއްހީ ހާލުކޮޅު ދެރަވެ ސްރީލަންކާގައި ފަރުވާދެމުންދާތާ ގިނަ ދުވަސްތަކެއްވީ ފަހުންނެވެ.
ފާތިމަތު ޙަސަން އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދޮންމަންމާފުޅުވެސް މެއެވެ. އަވަހާރަވީއިރު އެކަމަނާގެ އުމުރުފުޅަކީ 86 އަހަރެވެ.
ފާތިމަތު ހަސަންގެ ހަ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވެ.
މަންމާފުޅު ފާތިމަތު ހަސަން އަވަހާރަވީއިރު ރައީސް ޔާމީން ގެންދަވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ނެވެ.
ފާތިމަތު ހަސަން އަވަހާރަވުމާއި ގުޅިގެން ގިނަބަޔަކު ގެންދަނީ މީސްމީޑިއާގައި ރައީސް ޔާމީންގެ ޢާއިލާއަށް ތައުޒިޔާ ދަންނަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު