ފުވައްމުލަކުގައި އިއްޔެ އާއި ރޭ ހިންގާފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބައެއް މީހުން ދޫކޮށްލައިފިއެވެ.

ފުވައްމުލަކުގައި ރޭ ހިނގި ހަމަނުޖެހުންތަކުގައި ހަތް ފުލުހަކަށް އަނިޔާވެގެން ފުވައްމުލަކު ހޮސްޕިޓަލްގައި ވަނީ ފަރުވާދީފައެވެ. އެ ހުރިހާ ފުލުހުންވެސް މިހާރުވަނީ ދޫކޮށްލާފައެވެ.

ފުވައްމުލަކުގައި ހަމަނުޖެހުން ހިންގާފައިވަނީ އެމްޑީޕީގެ ކެމްޕޭން ޖަލްސާ ކުރިއަށް ދަނިކޮށެވެ. އެގޮތުން އެސަރަޙައްދަށް އެއްވި ފަރާތްތަކުންވަނީ ފުލުހުންނާ ދިމާލަށް ގާއުކާފައެވެ. އެ މީހުން ހުއްޓުވަން ފުލުހުން ވަނީ ޕެޕާ ސްޕްރޭ ބޭނުންކޮށް ބައެއްމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރައީސް ޞާލިޙް އިއްޔެ ހަވީރު ފުވައްމުލަކަށް ވަޑައިގަތުމުން އިދިކޮޅުން ކުރި އިހުތިޖާޖުގެ ތެރެއިންވެސް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

’ރަސް އޮންލައިން’ އަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުވައްމުލަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 6 މީހުންގެ ތެރެއިން 3 މީހުން މިހާރުވަނީ ދޫކޮށްލާފައި ކަމަށެވެ.

އިއްޔެގެ ހަމަނުޖެހުންތަކާ ގުޅިގެން ޕީޕީއެމުން ބުނެފައިވަނީ ރައީސް ޔާމީން ޖަލުން މިނިވަންކުރުމަށް ގޮވާމީހުން ބާރުގެ ބޭނުންކޮށްގެން ހައްޔަރުކުރުން ކުށްވެރިކުރާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން