އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފުވައްމުލަކު ސިޓީ އަދާލަތު ޕާޓީގެ ޖަގަހަ ހުޅުއްވައިދެއްވައިފިއެވެ.

ޢަދާލަތު ޕާޓީން ބުނީ އެޕާޓީގެ ކެމްޕޭން ޖަގަހަ ރައީސް ޞާލިޙް ހުޅުއްވައި ދެއްވާފައިވަނީ މިއަދު ހެނދުނު ކަމަށެވެ.

ޖަގަހަ ހުޅުއްވައި ދެއްވުމަށްފަހު ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ހަރަކާތްތައް އަދާލަތު ޕާޓީގެ ހަރުގޭގައި އިންތިޒާމުވެފައިވާ ގޮތް ބައްލަވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. ނައުޝާދު މުހައްމަދާއި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ބައިވެވަޑައިގެންނެވިއެވެ. އަދި އެ ޕާޓީގެ ފުވައްމުލަކުގެ މެންބަރުން ވެސް ބައިވެރިވިއެވެ.

ރައީސް ޞާލިޙް އިއްޔެވަނީ ފުވައްމުލަކު ސިޓީ އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ވެސް ހުޅުއްވައިދެއްވާފައެވެ.

ރިޔާސީ އިންތިޚާބަށް ތާޢީދު ހޯއްދެވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވީ އިއްޔެ ހަވީރެވެ. ރައީސް ޞާލިޙް ވަނީ ފުވައްމުލަކުގައި ކެމްޕޭން ޖަލްސާ ބޭއްވުމުގެ އިތުރުން ސަރުކާރުން ނިންމާފައިވާ މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން