މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމަށް އެރުވުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ގޮވާލަށްވައިފިއެވެ.

ރައީސް ޔާމީންގެ މަންމާފުޅު ފާތިމަތު ހަސަން އަވަހާރަވީ ސިއްހީ ހާލުކޮޅު ދެރަވެ ސްރީލަންކާގައި ފަރުވާދެމުންދާތާ ގިނަ ދުވަސްތަކެއްވީ ފަހުން މިއަދު ހެނދުނުއެވެ. މަންމާފުޅު އަވަހާރަވީއިރު ރައީސް ޔާމީން ގެންދަވަނީ މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަށްވަމުންނެވެ.

އެކަމާ ގުޅިގެން ކާނަލް ނާޒިމް މިއަދު ވިދާޅުވީ ރައީސް ޔާމީންގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު އެމަނިކުފާނަށް ފަހިކޮށްދިނުމަށް ސަރުކާރަށް އިލްތިމާސް ކުރަށްވާ ކަމަށެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށްވެސް ނާޒިމް ވަނީ ދުޢާ ކުރަށްވާފައެވެ.



އަލްމަރުޙޫމާ ފާތިމަތު ޙަސަން އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދޮންމަންމާފުޅުވެސް މެއެވެ. އަވަހާރަވީއިރު އެކަމަނާގެ އުމުރުފުޅަކީ 86 އަހަރެވެ.

ފާތިމަތު ހަސަންގެ ހަ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން