އެންމެ ކެންޑިޑޭޓަކު ކުރިމަތި ލެއްވުމުން އެމްއާރުއެމްގެ ޕްރައިމަރީ ނުބާއްވާނެ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

އެމްއާރްއެމްގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމުން އެކަމަށް އެދި ކުރިމަތި ލައްވާފައިވަނީ ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަދި އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫނެވެ.

އެމްއާރުއެމުން ބުނީ ޕްރައިމަރީއަށް އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ރިޔާސީ ޕްރައިމަރީ ނުބޭއްވި ނަމަވެސް އެ ޕާޓީގެ ރިޔާސީ ޓިކެޓް ފާރިސްއާ ހަވާލުކުރުމާމެދު ގޮތް ނިންމާނީ އެ ޕާޓީގެ އެކްސްކޯއިން ކަމަށެވެ. އަދި މި ހަފްތާ ތެރޭގައި އެކަމަށް ގޮތެއް ނިންމާނެ ކަމަށް އެމްއާރުއެމުން ވަނީ ބުނެފައެވެ.

އެމްއާރުއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފާރިސް ފޯމް ހުށައަޅުއްވާފައިވާއިރު ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ފާރިސް މައުމޫން ވަނީ ސޮއި ހޯއްދަވަން ފަށައިފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމްއާރުއެމް އުވާލުމުގެ މައްސަލަ ކޯޓުގައި އޮތުމުން، އެޕާޓީއަށް ފުރުސަތު ނުލިބިއްޖެނަމަ އިންތިޚާބުގައި ފާރިސް ވާދަކުރަށްވާނީ އަމިއްލަ ގޮތުންނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން އެމްއާރުއެމް އުވާލަން ނިންމީ، ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވެގެން، ދިން ނޯޓިސްގައި ވެސް އެ އަދަދު ހަމަ ނުވެގެން ކަމަށް ބުނެ އެވެ. ނަމަވެސް، އެ ޕާޓީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޮމިޝަންގެ އެ ނިންމުމަށް އަމަލު ކުރަން ފަސް ކުރަން ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން