އެމްޑީޕީއާ ވާދަކޮށްލެވޭނެ ޕާޓީއަކީ ޕީޕީއެމްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭނަށް ށ. އަތޮޅަށް ވަޑައިގަތުމަށްފަހު އެއަތޮޅު ފުނަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު އޮތް ގޮތުން ރިޔާސީ އިންތިޚާބުގައި ރަނގަޅު ވާދައެއް ކުރާނީ އެމްޑީޕީ އާއި ޕީޕީއެމް ކަމަށެވެ.

އެހެން ބައެއް ޕާޓީތަކުންވެސް އިންތިޚާބުގައި ވާދަކުރާކަމުގެ އަޑު އިވިލަށްވާ ކަމަށާއި ނަމަވެސް އެފަރާތްތަކަށް މާބޮޑު ތާއީދެއް އޮތްތަން ނުފެންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

“ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު އޮތް ގޮތުން ހަމަ ވާދަކުރާނީ އެމްޑީޕީ އާއި ޕީޕީއެމް، އެނޫން ބަޔަކަށް އެބުނާ ވަރުގެ ތާއީދެއް އޮތްތަނެއް ނުފެނޭ.” ރައީސް މިއަދު ވިދާޅުވިއެވެ.

އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރު އެންމެ ބޮޑު އަމާޒެއްގެ ގޮތުގައި ހެއްދެވީ ސިޔާސީ ފިކުރަށް ބެލުމެއްނެތި ރަށްރަށަށް ތަރައްގީ ގެނެސްދިނުން ކަމަށާއި އެ މަންޒަރު މި ދައުރުގެތެރޭ ފުނަދޫއިންވެސް ފެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސެޕްޓެމްބަރު ނުވަވަނަ ދުވަހުގެ ނިންމުމަކީ ރާއްޖޭގެ މުސްތަގުބަލަށް ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ. އެގޮތުން މީގެ ކުރިން ތަޖުރިބާކުރި ފަސް އަހަރު ކުރިމަތިވި ދަތި އުނދަގުލާއި ތަހައްމަލު ކުރަންޖެހުނު ހާލަތު ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން