ތަރައްޤީ ބޭނުންނަމަ ރައްޔިތުންނަށް އޮތް ހަމައެކަނި ޗޮއިސްއަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށް އެމްޑީއޭގެ ލީޑަރ އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސް ޞާލިޙާއެކު ށ. ފުނަދުއަށް ވަޑައިގަތުމަށްފަހު ފުނަދޫގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ ރައީސް ޞާލިޙުގެ ފަސް އަހަރުގެ ވެރިކަން ދިވެހިން މިހާރު ތަޖުރިބާކޮށްފައިވާ ކަމަށެވެ. އެހެންކަމުން ގޮތްނޭނގޭ އާއެއްޗެއް ތަޖުރިބާ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ސިޔާމް ވިދާޅުވިއެވެ.

ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދިނުން ކަމަށާއި އެނޫން ޗޮއިސްއެއް މިފަހަރުގެ އިންތިޚާބުގައި ފެންނަން ނެތް ކަމަށް ސިޔާމް ވިދާޅުވިއެވެ. އޭގެ އިތުރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ކޯލިޝަނާ ވާދަކޮށްލަން ކެރޭ އެއްވެސް ލީޑަރެއް ނުފެންނަ ކަމަށްވެސް ސިޔާމް ވަނީ ވިދާޅުވެފައެވެ.

ސިޔާމް ވިދާޅުވީ މި ފަހަރުގެ އިންތިޚާބުގައި ވާދަކުރާނެކަމަށް ވިދާޅުވާ ގިނަ ލީޑަރުން ތިއްބެވީ ފިލައިކަމަށެވެ. ހަމައެއާއެކު ރައްޔިތުން ވިސްނަންވީ ސިޔާސީ ވެރިއަކު ހޯދުމަށް ނޫންކަމަށާއި ރައްޔިތުންނަށް ކަންތައްތައް ކޮށްދޭނެ ބަޔަކު ހޯދުމަށްކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

“ވާދަކޮށްލަން ކެރޭނެ އެއްވެސް މީހަކު ނުފެނޭ. އަދި ތިބީ ފިލާ. އަދި އެމީހުން ފާޅެއް ނުވޭ. ފާޅުވާއިރު އަންނަނީ ކޮން އެއްޗެއްތޯ ބަލާލަންވެސް ބޭނުންވޭ.” ސިޔާމް ވިދާޅުވިއެވެ.



ސިޔާމް މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ޞާލިޙްވެސް މިއަދު ވިދާޅުވީ ސެޕްޓެމްބަރު ނުވަވަނަ ދުވަހުގެ ނިންމުމަކީ ރާއްޖޭގެ މުސްތަގުބަލަށް ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ. އެގޮތުން މީގެ ކުރިން ތަޖުރިބާކުރި ފަސް އަހަރު ކުރިމަތިވި ދަތި އުނދަގުލާއި ތަހައްމަލު ކުރަންޖެހުނު ހާލަތު ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން