ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް އޮންލައިންކޮށް ރީ-ރެޖިސްޓްރޭޝަން އަށް ހުށައެޅޭނެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ރޭ ބުނެފައިވަނީ އޮންލައިންކޮށް ރީ-ރަޖިސްޓްރޭޝަނަށް ހުށައެޅޭނެ އެންމެ ފަހު ވަގުތަކީ އޮގަސްޓް 2 ވާ ބުދަދުވަހުގެރޭ 12:00 ކަމަށެވެ
ރިޔާސީ އިންތިޚާބުގައި އެމީހަކު ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓުލާ ފަރާތްތަކުން ރީ-ރެޖިސްޓަރވުމަށް ހުޅުވާލީ ޖުލައި 16ވަނަ ދުވަހުން ފެށިގެންނެވެ. އަދި އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތު ރޭގެ 12:00 އަށް ހަމަވާނެކަމަށް އިލެކްޝަން ކޮމިޝަނުން ކުރިން ވަނީ ބުނެފައެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި 11933 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ ހާމަކޮށްފައެވެ. އަދި މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެއަށް ރީ-ރެޖިސްޓްރީކޮށް ވޯޓުލީ މީހުން، ރިޔާސީ އިންތިޚާބުގައިވެސް މާލެއަށް ވޯޓުލާނަމަ އަލުން ރެޖިސްޓްރީވާން ނުޖެހޭނެކަމަށް އިލެކްޝަން ކޮމިޝަނުން މަޢުލޫމާތުދެއެވެ.
ރިޔާސީ އިންތިޚާބު ބޭއްވުމަށް 40 ދުވަހަށް ވެފައިވާއިރު އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ 2023 ޖުލައި 29 ގެ ނިޔަލަށް ރީ-ރަޖިސްޓްރީ ކުރަން ހުށަހެޅީ 11933 ފޯމު ކަމަށެވެ. މީގެ ތެރެއިން 8624 ފޯމު ލިބިފައިވަނީ އޮންލައިން ކޮށް ކަމަށް ޙަބީބު ވިދާޅުވިއެވެ.
ޙަބީބު މިއަދު ވިދާޅުވީ ރާއްޖޭން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރުވެފައިވަނީ، މެލޭޝިޔާ އާއި އިނގިރޭސި ވިލާތުގައި އެކަނި ކަމަށެވެ. އެހެން ޤައުމުތަކުގައި ވޯޓުފޮށި ބެހެއްޓޭވަރަށް މިހާތަނަށް ވޯޓުލާ މީހުން ރަޖިސްޓަރީ ވެފައިނުވާ ކަމަށްވެސް ޙަބީބު ވިދާޅުވިއެވެ. އިލެކްޝަނުން ނިންމާފައިވަނީ ރާއްޖޭން ބޭރުގައި 13 ވޯޓު ފޮއްޓެއް ބެހެއްޓުމަށެވެ.
ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި 604 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ޖުމްލަ އަދަދަކީ 282406 އެވެ.
ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެއެވެ. މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އޮގަސްޓް 7 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު