ށ. ނަރުދޫ ކައުންސިލްގެ ހަތަރު މެންބަރަކު އެމްޑީޕީއަށް މިއަދު ސޮއިކުރެއްވުމާއެކު އެ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ލިބިއްޖެ އެވެ.

ނަރުދޫގެ ކައުންސިލަރުން އެމްޑީޕީއަށް ސޮއިކުރެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ށ. އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައެވެ.

ނަރުދޫން މިއަދު އެމްޑީޕީއަށް މިއަދު ސޮއިކުރެއްވި ކައުންސިލަރުންނަކީ ނަރުދޫ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަރުސިދާއި ނައިބް ރައީސް އަލީ ޝަރީފާއި ކައުންސިލް މެމްބަރުން ކަމަށްވާ މުހައްމަދު މަދީހް އާއި ސާމާ މުހައްމަދެވެ. މި ކައުންސިލަރުންނަކީ ކުރިން ޖުމްހޫރީޕާޓީގެ މެންބަރުންނެވެ. ކައުންސިލްގައި ދެންހުންނެވި އައިޝަތު މާޒާ އަކީ އެމްޑީޕީ މެންބަރެކެވެ.

ނަރުދޫ ކައުންސިލަރުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ފޯމްތައް ހަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ އަތްޕުޅަށެވެ.

ކައުންސިލަރުންގެ އިތުރުން ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރަކާއި ކުރީގެ ކައުންސިލަރެއްވެސް މިއަދު ވަނީ އެމްޑީޕީއަށް ގުޅިވަޑައިގެންފައެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި އިސްލާހާއެކު އެމްޑީޕީގެ ދަފްތަރުން 39،000 ވަރަކަށް މެންބަރުން އުނިވެގެން ދިޔައެވެ. އެމްޑީޕީން މިހާރު އަމާޒު ހިފާފައިވަނީ ކުރިން އޮތް އަދަދަށްވުރެ ވެސް އިތުރަށް މެންބަރުން ޕާޓީއަށް ވެއްދުމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައިވާ ގޮތުން 21 ފެބުރުވަރީ 2023 ގެ ނިޔަލަށް އެޕާޓީގެ ދަފްތަރުގައި 57660 މެންބަރުން އެބަތިއްބެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން