ރައީސް ޞާލިޙް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަށްވައިފިނަމަ އެއީ ރައީސް ނަޝީދުގެ ސިޔާސީ މަސައްކަތުގެ ފަހުދުވަސް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ އިސްމެންބަރުން ތިއްބަވާ މީސްމީޑިއާ ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޕާޓީގެ އެންމެހާ މެންބަރުންގެ އެއްބާރުލުން ނިހާޔަތަށް ބޭނުންވާ ކަމަށެވެ.

އަދި ޑިމޮކްރެޓްސް ބައިބައިވެއްޖެ ނަމަ ރައީސް ޞާލިޙް ފަސޭހަކަމާއެކު އިންތިހާބު ކާމިޔާބު ކުރަށްވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

“ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކާމިޔާބު ކުރާ ދުވަސް ވެގެންދާނީ އަޅުގަނޑުގެ ސިޔާސީ މަސައްކަތުގެ އެންމެ ފަހު ދުވަހަށް. ވިސްނަވާނީ ތިބޭފުޅުން.” ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މީގެ ކުރިން ވަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙް ބަލިކުރެއްވުމަށް އިދިކޮޅު ފަރާތްތަކާ ގުޅެން ޖެހުނަސް އެކަންވެސް ކުރަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުންވަނީ ރިޔާސީ އިންތިޚާބަށް އެޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ކަނޑައަޅައި ރިޔާސީ އިންތިޚާބަށް ކެމްޕޭންވެސް މިހާރު ފަށައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން