ރައީސް މުޙައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް ޕާޓީގެ ރަސްމީ ވަޓްސްއެޕް ގްރޫޕުގައި ލިޔާ މެސެޖުތައް ލީކުވާތީ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މިކަމާ ކަންބޮޑުވުން ފާޅުކުރައްވައި ރައީސް ނަޝީދު ލިޔުއްވި މެސެޖުވެސް ވަނީ ލީކުކޮށްލާފައެވެ.

މިމައްސަލަ ދިމާވިކަން ފުރަތަމަ ހާމަވީ އިއްޔެގެ ވަގުތެއްގައި ނަޝީދު އެގްރޫޕުގައި ވިދާޅުވި ވާހަކަފުޅެއް ލީކުވެ އޭގެ ޚަބަރު މީޑިއާތަކަށް އެރުމާއެކުއެވެ. އެމެސެޖުގައި ނަޝީދު ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަށްވައިފިނަމަ އެއީ ރައީސް ނަޝީދުގެ ސިޔާސީ މަސައްކަތުގެ ފަހުދުވަސް ކަމަށެވެ. އެހެންކަމުން އެކަމާމެދު ވިސްނުމަށް ޑިމޮކްރެޓްސްގެ މެމްބަރުންނަށް ނަޝީދު ގޮވާލައްވާފައިވެއެވެ.

ނަޝީދު މިހެން ވިދާޅުވެ މެސެޖުކުރެއްވީ ޑިމޮކްރެޓްސްގެ ވަރަށް އިސްމެމްބަރުންތަކެއް ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށެވެ. އެގްރޫޕުގައި ހިމެނެނީ ވަރަށް އިތުބާރުކުރެވޭ ބައެއްކަން ލީކުވެފައިވާ މެސެޖުތަކުން ދޭހަވެއެވެ.

ނަޝީދުގެ މި މެސެޖު ލީކުވެ އޭގެ ޚަބަރު މީޑިއާތަކަށް އެރުމާއެކު ނަޝީދުވަނީ އެމެސެޖު ދޮގުކުރައްވައި އެއީ ފޭކު މެސެޖެއްކަމަށް ވިދާޅުވެފައެވެ. ސިޔާސީ ޙަޔާތް ބިނާކުރައްވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ގުޅިގެން ނޫން ކަމަށް ވިދާޅުވެ ނަޝީދުވަނީ ކުރީގެ މެސެޖުން ޚަބަރުހެދި މީޑިއާތަކާމެދު ނުރުހުން ފާޅުކުރައްވާފައެވެ. އެބާވަތުގެ އެއްވެސް ވާހަކައެއް ވިދާޅުނުވާކަމަށާ، އެގޮތަށް ޚަބަރު ލިޔުނީ ރައީސް އޮފީހުން ފައިސާދީގެންކަމަށްބުނެ ނަޝީދުވަނީ މީޑިއާތަކަށް ތުހުމަތުކުރައްވާފައެވެ.

އެހެންނަމަވެސް އިރުކޮޅެއްފަހުން ހަމަ އެއްކަލަ ވަޓްސްއެޕް ގްރޫޕުގައި ކުރީގެ މެސެޖު ލީކްވުމާމެދު ނަޝީދު ހިތްހަމަނުޖެހުން ފާޅުކުރެއްވި މެސެޖުވަނީ ލީކުވެފައެވެ. ނަޝީދުގެ ކޮއްކޯފުޅު ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާވެސް ނަޝީދަށް ތާޢީދުކުރައްވައި މިކަންބޮޑުވުން ފާޅުކުރައްވާ މެސެޖެއް، ލީކުވި ޓެޗްލޮގުގައިވެއެވެ.



ނަޝީދު ވަޑައިގަންނަވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބުވިޔަ ނުދެއްވަން މަސައްކަތްކުރައްވައި އެންޓި-ކެމްޕެއިން ކުރައްވަމުންނެވެ. އެމްޑީޕީން ވަކިވެވަޑައިގެން ރައީސް ޞާލިޙާދެކޮޅަށް ނަޝީދު ކުރައްވާ މަސައްކަތަށް މާގިނަބަޔަކު ތާޢީދެއް ނުކުރެއެވެ. އެމްޑީޕީގެ މެމްބަރުންގެ ތެރެއިންވެސް ނަޝީދާއެކު ދިޔައީ ވަރަށް މަދުބައެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން