އަމިއްލަ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންވެސް ޕީޕީއެމްގައި ނެތްކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިމޭރުމުން ވިދާޅުވެފައިވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓްގެ މައްސަލާގައި މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒަށް މަރުގެ އިންޒާރު ދީފައިވާތީ އެކަމަށް ފާޑު ވިދާޅުވުމުގެ ގޮތުންނެވެ.

ޑރ. އިޔާޒް ވިދާޅުވީ ފެނިގެންމިދަނީ ރައްޔިތުނަށް ދުލުގެ މިނިވަންކަން ހޯދައިދޭން ކަމަށް ބުނެ ދަޢްވާކުރާ ޕީޕީއެމްގެ ޙާލަތު ކަމަށެވެ. އެގޮތުން ޕީޕީއެމްގައި ރައީސް ޔާމީން އާ ޚިޔާލުތަފާތު ކޮންމެ މީހަކަށް މަރުގެ އިންޛާރު ދިނުމާއި ފާޑުފާޑުގެ ފުރައްސާރަކުރުން ބަލައި ނުގަންނަ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

“އަމިއްލަ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންވެސް ނެތް. މި ބާވަތުގެ މީހުންގެ ކިބައިން އަޅަމެން އެންމެން ރައްކާތެރިކޮށްދެއްވާ ސަލާމަތްކޮށްދެއްވާށި.” އިޔާޒް ވިދާޅުވިއެވެ.

ޑރ. މުއިއްޒުއަށް މަރުގެ އިންޒާރުދީ އަނބިކަނބަލުންގެ ފޯނަށް ތައިލޭންޑް ނަންބަރަކުން ކޮށްފައިވާ މެސެޖުގައި ތުހުމަތު ކޮށްފައިވަނީ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ނިންމަވާފައިވާ ނިންމުންތައް ބަދަލު ކުރަން މުޢިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އޭގެ އިތުރުން ރައީސް ޔާމީންގެ ރަނިންމޭޓަކީ ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަމަށާއި އެޕާޓީގެ ކެންޑިޑޭޓަކަށް ވާނީ ވެސް ޑރ. ޖަމީލް ކަމަށް މެސެޖުގައިވެއެވެ. އަދި ރައީސް ޔާމީންގެ ޕްލޭން ބީ އާއި އަދި ސީއަކީވެސް އެއީ ކަމަށާއި އެއާއި ދެކޮޅަށް ޑރ. މުއިއްޒު މަސައްކަތް ކުރަށްވައިފިނަމަ ޣައްދާރެއް ކަމަށް ނިންމާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ޑރ. މުޢިއްޒުގެ ފަރާތުން މި މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

ރިޔާސީ ކެންޑިޑޭޓްގެ މައްސަލާގައި ޕީޕީއެމްގެ ލީޑަރޝިޕް ބައިބައި ވެފައިވާއިރު ރައީސް ޔާމީން މިހާރު އަންގަވާފައިވަނީ އިދިކޮޅު ކޯލިޝަންގެ ސެނެޓުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅުއްވައި ދެއްވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން