ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ބައިވެރިވެ ވަޑައިގަންނަވާ ކުއްލި ކައުންސިލް ބައްލުވުމެއް މިއަދު ބާއްވަން ހަމަޖެހިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖޭޕީގެ ކައުންސިލް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހުއެވެ. މިބައްދަލުވުމަކީ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން މުހިންމު މަޝްވަރާއެއް ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

ޖޭޕީގެ ކުއްލި ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަޙްމަދު ނާޒިމާއި ޖޭޕީގެ ކެންޑިޑޭޓް ޤާސިމް ބައްދަލު ކުރަށްވާ ފޮޓޯތަކެއް މީސް މީޑިއާގައިވަނީ ޢާއްމުވެފައެވެ. މި ފޮޓޯ ޢާއްމު ކުރެއްވީ ޤާސިމް އިބްރާހީމްގެ އެޑްވައިޒަރ އަޙްމަދު ނިހާން ޙުސައިން މަނިކެވެ.

ނާޒިމް އާއި ޤާސިމްގެ ފޮޓޯ ޢާއްމު ކުރަށްވައި ނިހާން ވިދާޅުވީ ރިޔާސީ ކެމްޕޭން ފެށުމަށް އެބޭފުޅުން މާލެއަށް ދަތުރު ފަށާފައިވާ ކަމަށެވެ.



ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، މިހާތަނަށް އަދި ޤާސިމް ފޯމު ހުށަހަޅުއްވަފައި ނުވެއެވެ. އަދި ރަނިންމޭޓަކުވެސް ކަނޑައަޅާފައި ނުވެއެވެ.

ރާއްޖޭގެ ސިޔާސީ ބޭފުޅުން ޤަބޫލުކުރައްވާ ގޮތުގައި ގާސިމް އިބްރާހީމަކީ ރާއްޖޭގެ "ކިންގ މޭކަރ"އެވެ. ކިންގ މޭކަރގެ ލަޤަބް ޤާސިމަށް ލިބިވަޑައިގަތީ މިދިޔަ 3 ރިޔާސީ އިންތިހާބުގައިވެސް އެމަނިކުފާނު ތާއީދުކުރައްވާ ބޭފުޅަކަށް ވެރިކަން ލިބިވަޑައިގަންނަވާތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން