ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާއަށް މީސްމީޑިއާގައި ބިރުދެއްކި މީހާގެ ފޯނު ހިފެހެއްޓުމަށްފަހު ފުލުހުން އޭނާ ދޫކޮށްލައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާގެ ދަރިފުޅުގެ ފޮޓޯ ބޭނުންކޮށްގެން އޭނާއަށް ބިރު ދެއްކި މައްސަލައެއްގައި ރޭގެ ވަގުތެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެހެންނަމަވެސް ރޭގެ ވަގުތެއްގައި އެމީހާ ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލައިފައެވެ. އޭނާ ބަންދުން ދޫކޮށްލީ އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހުގައެވެ.

ހައްޔަރު ކުރި މީހާގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދަރިފުޅުގެ ފޮޓޯ ބޭނުންކޮށް ޓްވިޓާގައި އޭނާއަށް ބިރު ދައްކާ މައްސަލަ ބަލައިދިނުމަށް ކޮމިޝަނަރު އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އަރިހުން އީވާ މީގެ ކުރިން ވަނީ އެދިވަޑައިގެންފައެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު އީވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުމުރުން 18 އަހަރު ނުވާ އޭނާގެ ފިރިހެން ދަރިފުޅާ ދިމާކޮށް، ފުރައްސާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މީގެ ކުރިން އޭނާއާ ސިޔާސީ ގޮތުން ދިމާކުރާ މީހުންގެ ވާހަކަ ފުލުހުންނަށް ރިޕޯޓްކޮށްފައި ނުވާނެ ކަމަށާއި އަދި އެފަދަ ބަޔަކަށް ރައްދު ވެސް ދީފައިނުވާނެ ކަމަށް އީވާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން