ޤައުމުގެ މަސްލަޙަތު އިސްކުރެއްވުމަށްޓަކައި ކޮންމެ ފަހަރަކު ޤުރުބާންވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ތޯއޭ ވިދާޅުވެ ޖޭޕީގެ ނައިބު ލީޑަރ ޢަލީ ޝާހް ސުވާލު އުފައްދަވައިފިއެވެ.

ޝާހް މިއަދު ވަނީ އެހެން ޕާޓީތަކުގެ ލީޑަރުންނަށްޓަކައި ޤައުމީ މަސްލަޙަތަށް އިސްކަން ދެއްވައި ކޮންމެފަހަރަކު ގޮތްދޫކުރަށްވަން ޖެހިވަޑައިގަންނަވަނީ ޤާސިމަށްތޯ، ސުވާލު ކުރަށްވާފައެވެ. ޤާސިމްގެ އަރިސް ބޭފުޅުން އިދިކޮޅު ލީޑަރުންނަށް ގޮވާލަށްވަމުން ގެންދަވަނީ މިފަހަރު އެބޭފުޅުން ފަހަތަށް ޖެހިވަޑައިގެން ޤާސިމަށް ފުރުސަތު ދެއްވުމަށެވެ.

ޝާހް މީސްމީޑިއާއަށް ދޫކޮށްލެއްވި ސުވާލުގައި މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާ އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ވަނީ ޓެގް ކުރަށްވާފައެވެ.

“އެހެން ޕާޓީތަކަށް ވެރިކަން ހޯދައިދޭން ޤުރުބާންވާން ޖެހެނީ ޖޭޕީ އާއި ޤާސިމަށްތޯ.” ޝާހް ވިދާޅުވެފައިވެއެވެ.



ޝާހް މިމޭރުމުން ޓްވީޓެއް ކުރަށްވާފައިވާއިރު ޖޭޕީން މިއަދު ވަނީ އެޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވަވާފައެވެ. އެބައްދަލުވުމުގެ މާބޮޑު ތަފްސީލެއް ލިބިފައި ނުވާއިރު އެއީ ރިޔާސީ އިންތިޚާބުގެ މުހިއްމު މަޝްވަރާއެއް ކުރެއްވުމަށް ބޭއްވެވި ބައްދަލުވުމެއްކަމަށް މަޢުލޫމާތު ލިބެއެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، މިހާތަނަށް އަދި ޤާސިމް ކެންޑިޑޭސީ ފޯމު ހުށަހަޅުއްވަފައެއް ނުވެއެވެ. އަދި އެމަނިކުފާނުގެ ރަނިންމޭޓަކުވެސް ކަނޑައަޅާފައެއް ނުވެއެވެ.

ރާއްޖޭގެ ސިޔާސީ ބޭފުޅުން ޤަބޫލުކުރައްވާ ގޮތުގައި ގާސިމް އިބްރާހީމަކީ ރާއްޖޭގެ "ކިންގ މޭކަރ"އެވެ. ކިންގ މޭކަރގެ ލަޤަބް ޤާސިމަށް ލިބިވަޑައިގަތީ މިދިޔަ 3 ރިޔާސީ އިންތިހާބުގައިވެސް އެމަނިކުފާނު ތާއީދުކުރައްވާ ބޭފުޅަކަށް ވެރިކަން ލިބިވަޑައިގަންނަވާތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން