ދަ ޑިމޮކްރޭޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ގެ ރަސްމީ އިންތިހާބީ އެޖެންޓަކަށް ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން އިސްތިއުފާ ދެއްްވައި އެޕާޓީއާ ގުޅިވަޑައިގެންނެވި ފާތިމަތު ނިއުމާ ހަމަޖައްސައިފި އެވެ.

އިލްޔާސްގެ އިންތިޚާބީ އެޖެންޓަކަށް ނިއުމާ ހަމަޖައްސާފައިވާއިރު އޭނާ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ.

މަގާމުން އިސްތިއުފާދެއްވައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ނިއުމާ ފޮނުއްވި ސިޓީގައި ވިދާޅުވީ ޕްލޭނިން މިނިސްޓްރީގެ ވަޒީރުގެ ނައިބުގެ މަގާމުން އިސްއިއުފާ ދެއްވާފައިވާ ކަމަށާއި ސަރުކާރަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް ދެއްވި ކަމަށްޓަކައި ރައީސް ޞާލިޙަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ ޑިމޮކްރަޓްސް އުފައްދަވާފައި ވަނީ އެމަނިކުފާނަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބިވަޑައިގަތް ނާކާމިޔާބީއަށް ފަހުގައެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އިލްޔާސްގެ ރަނިންމޭޓް މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން