އަހުމަދު ޝާހް   3 އޯގަސްޓު 2023 - 23:19
ޒަބީޙް (ވ)
ޒަބީޙް (ވ)
މޯލްޑިވްސް ރިފޯމް މޫވްމަންޓް އެމްއާރުއެމްގެ ރިޔާސީ ކެންޑިޑޭޓު އަޙްމަދު ފާރިސް މައުމޫންގެ ރަސްމީ އިންތިޚާބީ އޭޖެންޓަކަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުގެ މަޤާމުން ވަކިކުރެއްވި އިސްމާޢީލް ޒަބީޙު ޢައްޔަނު ކުރައްވައިފިއެވެ.

އިންތިޚާބީ އޭޖެންޓަކަށް ޒަބީޙް އައްޔަނު ކުރެއްވުމަށްފަހު ފާރިސް ވިދާޅުވީ، ޒަހީބް އާއިއެކު އެންމެން މިއެދޭ ހެޔޮބަދަލު ގެނެވޭނެ ކަމަށް ޤަބޫލު ކުރަށްވާ ކަމަށެވެ.

އެމްއާރްއެމްގެ ސްލޮޓެއްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ ނާއިބުގެ މަގާމުގައި ހުންނެވި އިސްމާއިލް ޒަބީހު އެ މަގާމުން ވަކިކުރީ ކޯލިޝަން އެއްބަސްވުމާ ޚިލާފަށްކަމަށް އެޕާޓީން މީގެކުރިން ވަނީ ބުނެފައެވެ.

ފާރިސްގެ އިންތިޚާބީ އެޖެންޓް ކަނޑައަޅާފައިވާއިރު އެމްއާރުއެމްގެ ރިޔާސީ ޓިކެޓަށްއެދި ފޯމު ހުށައަޅުއްވާފައިވަނީ ހަމައެކަނި ފާރިސްއެވެ. ހަމައެއާއެކު ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ފާރިސް މައުމޫން ވަނީ ސޮއި ހަމަކުރަށްވާފައެވެ.



މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމްއާރުއެމް އުވާލުމުގެ މައްސަލަ ކޯޓުގައި އޮތުމުން، އިންތިޚާބަށް ވާދަކުރުމުގެ ފުރުސަތު އެޕާޓީއަށް ނުލިބިއްޖެނަމަ ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަކުރަށްވާނީ އަމިއްލަ ގޮތުންނެވެ.

މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމުން ވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި އެމްޑީޕީއާއެކު ކޯލިޝަން ނުހެދުމަށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން