ފަނޑިޔާރުން އައްޔަންކުރުމުގެ ސިޔާސަތުގެ ދަށުން ފަނޑިޔާރުކަމަށް އެދި ހުށަހަޅާ މީހުން މަޤާމަށް ޢައްޔަންކުރުމުގެކުރިން ޚާއްސަ އިމްތިޙާނެއް ހަދަންޖެހޭގޮތަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

މިކަން ހާމަކުރަމުން ޖޭއެސްސީން ވަނީ ފަނޑިޔާރުކަމަށް އެދި ހުށަހަޅާ މީހުން މަޤާމަށް ޢައްޔަންކުރުމުގެ މަރުހަލާގެ ތެރެއިން ޝަރުޢީ އިމްތިޙާނެއް ތަޢާރަފްކުރެވިފައިވާކަން އާންމުކޮށް އިޢުލާން ކޮށްފައެވެ. މިފަދަ އިންތިޙާނެއް ތަޢާރަފްކުރުމުގެ އެއް މަގުސަދަކީ އައްޔަންކުރާ ފަނޑިޔާރުންގެ ގާބިލްކަމާއި ގާނޫނީ ޢިލްމު ކަށަވަރުކުރުމަށްޓަކައި އެމީހުންގެ ކެލިބަރ މަތިކުރުންކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ދެކޭގޮތުގައި މި އިމްތިޙާނުގައި ފަނޑިޔާރުކަމުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ޤާނޫނީ ޢިލްމާއި ތަޖުރިބާގެ ސްޓޭންޑަރޑައިޒްޑް އެސެސްމަންޓެއް ލިބި، އެންމެ ޤާބިލު ފަރާތްތައް ފަނޑިޔާރުންގެ ގޮތުގައި އައްޔަންކުރާކަން ކަށަވަރުވާނެއެވެ. އަދި ޝަރުޢީ ދާއިރާގެ ޖުމްލަ ފެންވަރު މަތިވެ، ފަނޑިޔާރުންގެ އިންސާފުވެރިކަމާއި ޤާބިލުކަމަށް އާންމުންގެ އިތުބާރު އިތުރުވެގެންދާނެއެވެ. މީގެއިތުރުން އިންސާފުވެރި އަދި އިތުބާރު ކުރެވޭ ޝަރުއީ މަރުހަލާއެއްގައި ހުރިހާ ރައްޔިތުންގެ ހައްގުތައް ދަމަހައްޓައި، މިނިވަން އަދި އިތުބާރު ކުރެވޭ ކޯޓާއި ޝަރުއީ ނިޒާމެއް ގާއިމް ކުރުމަށް މަގުފަހިވާނެއެވެ.

މިއާއެކު ފަނޑިޔާރަކަށް ވުމަށް ހުށަހަޅާ މީހުން އެކަމަށް ބޭނުންވާ ޝަރުޠު ހަމަވުމުގެ އިތުރުން ޝަރުޢީ އިމްތިޙާނުން ފާސްވާންޖެހޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން