މަސައްކަތް ފެށިފަހުން ނުނިމު އެތައް އަހަރެއް ވެފައިވާ، ސިފައިންނާ ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތްތައް މިމަހުގެ ނިޔަލަށް ނިންމޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ޕްލޭނިން މިނިސްޓްރީން ހާމަކޮށްފިއެވެ.
މިއީ ސަރުކާރު ވެރިކަމާ ޙަވާލުވީއިރުވެސް ފަށާފައިވާ މަޝްރޫޢެކެވެ. އެހެންނަމަވެސް މަސައްކަތް ނުނިމި ދިގުލައިގެންގޮސް އެތައް ކަންބޮޑުވުންތައް އޮތް މައްސަލައެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ 2013ވަނަ އަހަރުއެވެ. ކުރީގެ ސަރުކާރުންވެސް މިމަޝްރޫޢު ނިންމާނެކަމަށް ބުނެ ސިފައިންނާއި ފުލުހުންނަށް ވަނީ ވައުދުވެފައެވެ. އެހެންނަމަވެސް އެސަރުކާރުގެ ދައުރު ހަމަވެގެން ދިޔައިރުވެސް މަސައްކަތް ނިމެން ގާތްވެސް ނުވެއެވެ.
ދެމަޝްރޫޢެއްގެގޮތަށް ކުރިއަށްގެންދިޔަ މިމަސައްކަތް ފެށީ ނޫމަޑި ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެކަށީގެންވާގޮތުގައި މަސައްކަތް ކުރިއަށް ނުގޮސް މައްސަލަ ބޮޑުވެގެން އެ ކުންފުންޏާއެކު އޮތް އެއްބަސްވުން ކުރީގެ ސަރުކާރުން ވަނީ 2016ވަނަ އަހަރު އުވާލާފައެވެ. އެއާއެކު މަސައްކަތް މެދުކެނޑިފައި އޮންނަތާ އަހަރުތަކެއްފަހުން މިސަރުކާރުންވަނީ އަލުން މިމަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ޙަވާލުކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭ ސިފައިންނާއި ފުލުހުންގެ ލިސްޓްވެސް ޢާންމުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އެހެންކަމުން މަޝްރޫޢުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމަކީ ފްލެޓު ލިބުނުކަމަށް ނެރެފައިވާ ލިސްޓުގައިވާ މީހުންގެ ވަރަށްބޮޑު ކަންބޮޑުވުމެކެވެ. މިކަންބޮޑުވުން ޙައްލުކޮށްދެއްވުމަށް މިސަރުކާރުން ކުރެއްވި މަސައްކަތުގެ ދަށުން މިމަހުގެ ނިޔަލަށް މުޅި މަޝްރޫޢު ނިންމޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
ސިފައިންނާއި ފުލުހުންގެ ފްލެޓުތަކުގެ ތެރެއިން ސިފައިންނަށް ޚާއްސަ "ސިފްކޯ ހިޔާ"ގައި ހިމެނެނީ 330 ފްލެޓެވެ. އަދި ފުލުހުންނަށް ޚާއްސަ "ޕޮލްކޯ" ފްލެޓުގައި ހިމެނެނީ 361 ފްލެޓެވެ. މިއީ މުޅިންވެސް 3 ކޮޓަރީގެ އެޕާޓްމަންޓެވެ.

ކިޔުންތެރިންގެ ހިޔާލު