ޑިމޮކްރެޓްސްގެ ލީޑަރ ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒަށް ޖޯކު ޖައްސަވަމުން ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ސެނެޓްގެ އަޣުލަބިއްޔަތުން ޑރ. މުޢިއްޒަށް އެޕާޓީގެ ރިޔާސީ ޓިކެޓް އިއްޔެ އަރުވާފައިވާއިރު ޝަރީފް ވިދާޅުވެފައިވަނީ ޑރ. މުޢިއްޒަށްވުރެ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ޤާބިލުކަމަށް ރައީސް ނަޝީދު ވިދާޅުވަނީ ޑރ. މުޢިއްޒަށް މަލާމާތް ކުރެއްވުމުގެ ގޮތުން ކަމަށެވެ.

ޝަރީފް ވިދާޅުވީ ޕީޕީއެމް ކޯލިޝަނަކީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ޕާޓީކަމަށާއި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޢިއްޒު ޑިމޮކްރެޓްސްގެ ކެންޑިޑޭޓްގެ ފަހަތަށް އެރުމަށް ވިދާޅުވެ ރައީސް ނަޝީދު ގެންދަވަނީ ޖޯކު ޖައްސަވަމުން ކަމަށެވެ.

“ޕީޕީއެމްޕީއެންސީ އޮންނަން ޖެހޭނީ ކުޑަކުޑަ ޑިމޮކްރެޓްސްގެ ފަހަތުގައިކަމަށް ވިދާޅުވެ ކެންޑިޑޭޓު މުޢިއްޒު ކުރިމަތިލާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވެ ރައީސް ނަޝީދު ޖޯކު ޖައްސަވައިފި.” ޝަރީފް ވިދާޅުވިއެވެ.



ޝަރީފް މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ޙާލަތެއްގައި ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރެއްވުމަށް ޑރ. މުޢިއްޒު ހަމަޖައްސާފައިވަނީ އިއްޔެ އެޕާޓީގެ ސެނެޓުގައި ނެގި ވޯޓުގައެވެ. އެ ވޯޓުގައި އާދަމް ޝަރީފްގެ މައްޗަށް މުޢިއްޒު ކުރިހޯއްދެވީ 2 ވޯޓުގެ ތަފާތުންނެވެ.

ހަމައެއާއެކު ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރަށްވާ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ރަނިންމޭޓަކަށް ވުމަށް ޕީޕީއެމްޕީއެންސީ ކޯލިޝަނަށް ގޮވާލަށްވާފައެވެ.

ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަން ހުށައެޅުމަށް ބާކީއޮތީ 3 ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން