ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބަށް ތާއީދު ހޯދުމަށް ވިލިމާލޭގައި ދޮރުންދޮރަށް ހިންގަމުންދާ ކެމްޕޭންގައި އެ ޕާޓީއަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް ޖުމްހޫރީ ޕާޓީން ހާމަކޮށްފިއެވެ.
ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމަށް ތާއީދު ހޯދުމަށް ޖޭޕީގެ ޓީމެއް ދަނީ ވިލިމާލޭގައި ޙަރަކާތްތެރި ވަމުންނެވެ. މި ޓީމުގައި އިސްކޮށް ހަރަކާތްތެެރިވަނީ ޖޭޕީގެ ކައުންސިލް މެންބަރުންނެވެ.
ޖޭޕީގެ ޓީމަށް ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާކަމަށް އެޕާޓީން ހާމަކުރެއެވެ.
“ވިލިމާލެ ރައްޔިތުން ޤާސިމް އިބްރާހީމަށް ވޯޓުދޭނީ ލޯތްބާއެކު!” ޖޭޕީގެ ކައުންސިލް މެންބަރ ފާތިމަތު ނިޒްމާ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތާއީދު ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކުރަމުންނެވެ. އަދި އެ ދަތުރުތަކުގެ ތެރެއިން ޕާޓީއަށް އޮތް ތާއީދު ވަރަށް ބޮޑަށް އިތުރުވަމުންދާކަން ޖޭޕީން ފާހަގަކުރެއެވެ.
ޖުމްހޫރީ ޕާޓީއަކީ ރިޔާސީ އިންތިހާބަށް އެންމެ ފުރަތަމަ ކެމްޕެއިން ފެށި ޕާޓީއަށްވާއިރު، އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ވެސް އެހެން ފަހަރުތަކަށްވުރެ މިފަހަރު ޖުމްހޫރީ ޕާޓީއަށް ބޮޑުކަމަށް އެޕާޓީން ބުނެއެވެ.

ވިލިމާލެއިން @qasimibrahim އަށް ރައްޔިތުން ވޯޓުދޭނީ ލޮތްބާއެކު!
— Fathimath Nizma (@FathimathNiz) August 5, 2023
••#ހާސްކަނޑާލާހަމަޖެހޭނެ#ޤާސިމް2023#Qasim2023 pic.twitter.com/aSg1whw3pb
ޖުމްހޫރީ ޕާޓީން ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތާއީދު ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކުރަމުންނެވެ. އަދި އެ ދަތުރުތަކުގެ ތެރެއިން ޕާޓީއަށް އޮތް ތާއީދު ވަރަށް ބޮޑަށް އިތުރުވަމުންދާކަން ޖޭޕީން ފާހަގަކުރެއެވެ.
ޖުމްހޫރީ ޕާޓީއަކީ ރިޔާސީ އިންތިހާބަށް އެންމެ ފުރަތަމަ ކެމްޕެއިން ފެށި ޕާޓީއަށްވާއިރު، އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ވެސް އެހެން ފަހަރުތަކަށްވުރެ މިފަހަރު ޖުމްހޫރީ ޕާޓީއަށް ބޮޑުކަމަށް އެޕާޓީން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު